މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރސިސްޓަމާއި، ޓެބުލެޓް ހޯދުމާއިބެހޭ

އިޢުލާން

     

މި އިދާރާއަށް ބޭނުންވާ ކޮމްޕިއުޓަރސިސްޓަމާއި، ޓެބުލެޓް ހޯދުމާއިބެހޭ

                ސުރުޚީގައި ދެންނެވިފައިވާ ތަކެތި މި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                ވީމާ، ދެންނެވިފައިވާ ތަކެތިފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މި އިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރަށްވާ 25 ސެޕްޓެމްބަރ 2023 ވާ ހޯމަދުވަހުގެ 12:00 އަށް މިއިދާރާ މެއިލްކޮށްދެއްވުން އެދެމެވެ. އަދި ޕުރޮޕޯސަލް ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 04 އޮކްޓޫބަރ 2023 ވާ ބުދަ ދުވަހުގެ 13:00 ށް މި އިދާރާއަށެވެ. ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކޮށް ހުށަނާޅުއްވާ ފަރާތްތަކަށް ޕުރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަދަންނަވަމެވެ.

                ޕްރޮޕޯސަލް ހުށައެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިބޭފުޅަކީ ކާކުކަން އެނގޭގޮތަށް އެ ޕްރޮޕޯސަލް ހުށައަޅުއްވާ ތަނެއްގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީއަކާއި ފޮނުއްވާ ބޭފުޅެއްގެ އައިޑީކާޑުގެ ކޮޕީ ހިއްޕަވައިގެން ވަޑައިގެންދެއްވުންއެދެމެވެ.

                އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580564 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

04 ރަބީޢުލްއައްވަލް 1445

19 ސެޕްޓެންބަރު 2023
ހޯދާ