މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލަށް ބޭނުންވާ 98 އިންޗީގެ 1 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް އިދާރާ

      އުނގޫފާރު / ދިވެހިރާއްޖެ                                           ނަމްބަރ:IUL-303-IED/303/2023/31

 

 

އިޢުލާން

މިކައުންސިލަށް ބޭނުންވާ 98 އިންޗީގެ 1 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 

                  މިކައުންސިލަށް ބޭނުންވާ 98 އިންޗީގެ 1 ޓީވީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ:IUL-303-IED/303/2023/27  (29 އޮގަސްޓް 2023)ގެ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީ އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

                  މިކައުންސިލަށް ބޭނުންވާ 1 ޓީވީ ސަޕްލައިކޮށްދިނުމަށް އެދޭފަރާތްތަކަށް މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 2023 ސެޕްޓެމްބަރ 25 ވާ ހޯމަ ދުވަހުގެ 10:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެން ނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ބަދަލުގައި ފޮނުއްވިކަން އެނގޭ ސިޓީއެއް ، އަދި ކުންފުންޏަކުން ފޮނުއްވާނަމަ އެއީ ކޮންކުންފުންޏެއް ތަމްސީލު ކުރުމަށްކަން އެނގޭނެ ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދަންނަވަމެވެ. އަދި ހުށަހަޅާ ފަރާތަކީ ކުންފުންޏެއް ނުވަތަ ޕާރޓްނާޝިޕެއް ނުވަތަ އަމިއްލަފަރުދުންގެ ވިޔަފާރި އަކުންނަމަ އެތަނެއްގެ ރަޖިސްޓްރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2023 ސެޕްޓެމްބަރ 28 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މިއިދާރާގައެވެ. މިމަސައްކަތަށް އެދި ހުށައަޅާ އަންދާސީ ހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ކައުންސިލަށް ބޭނުންވާ 98 އިންޗީގެ ޓީވީ ސަޕްލައިކޮށްދިނުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މީގެ އިތުރުން އަންދާސީ ހިސާބު ހުށައަޅާ ފަރާތުގެ ނަމާއި، އެޑުރެސް އަދި ފޯން ނަމްބަރ ސިޓީއުރައިގެ ބޭރުގައި އޮންނަން ވާނެއެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.                                     

                  04 ރަބީޢުލްއައްވަލް  1445    

                  19 ސެޕްޓެމްބަރ  2023  

19 ސެޕްޓެންބަރު 2023
ހޯދާ