އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ. މަންދޫ ޕްރޮޕޯޒްޑް ލޭންޑް ޔޫސް ޕްލޭނަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލުން

ދިވެރިހާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުސޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 7/2010 ގެ 107 ވަނަ މާއްދާގެ 2 ވަނަ ނުކުތާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އެކުލަވާލެވޭ އދ. މަންދޫގެ ލޭންޑް ޔޫސް ޕްލޭން އިސްވެ ދެންނެވުނު ޤާނޫނުގެ 107 ވަނަ މާއްދާގެ 2 ވަނަ ނުކުތާގެ (ށ) ގައިވާގޮތުގެ މަތިން މިރަށުގެ ރައްޔިތުންނާއި ޙިއްސާކޮށް ފާސްކުރުމަށްޓަކައި 14 ސެޕްޓެމްބަރު 2023 ވާ ބުރާސްފަތިދުވަހުގެ ރޭގަނޑު 20:45 ގައި ޒުވާނުންގެ މަރުކަޒު ހޯލުގައި ވާނީ ބައްދަލުވުމެއް ބާއްވާ މިހާރު ތައްޔާރުކޮށްފައިވާ ޕްރޮޕޯޒްޑް ލޭންޑް ޔޫސް ޕްލޭން ރައްޔިތުންނާއި ޙިއްސާކޮށް މަޝްވަރާކުރެވިފައެވެ. ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން މިކައުންސިލަށް މަތިކޮށްފައިފާ މަސްޢޫލިއްޔަތުގެ ތެރެއިން މިދެންނެވި ޕްރޮޕޯޒްޑް ލޭންޑް ޔޫސް ޕްލޭނަށް ތިޔަ ރައްޔިތުންގެ ތެރެއިން އިސްވެ ދެންނެވުނު ބައްދަލުވުމުގައި ދެއްވި ޚިޔާލުތަކުގެ އިތުރުން އެއްވެސް ޚިޔާލެއް ހުށައަޅުއްވަން ބޭނުންވެލައްވާނަމަ މިއަދުން ފެށިގެން 25 ސެޕްޓެމްބަރު 2023 ވާ ހޯމަ ދުވަހުގެ 13:00 ގެ ނިޔަލަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތުން ހުށައަޅުއްވާ އެންމެހާ ޚިޔާލުތައް ރަސްމީކޮށް މިއިދާރާ ހުޅުވިފައިހުންނަ ވަގުތުގައި މިއިދާރާއަށް ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް: [email protected] އަށް ލިޔުމަކުން ހުށައެޅުއްވުމަށާއި ޚިޔާލު ހުށައަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، އައިޑީކާޑު ނަންބަރު އަދި ދާއިމީ އެޑްރެސް ހިމެނުމަށް ދަންނަވަމެވެ. 

      ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

18 ސެޕްޓެންބަރު 2023
ހޯދާ