މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓްގެ ވަޒީފާއަށް މީހުން ހޯދުމަށް

އިޢުލާނު

 

ރަށުގެ އިޖުތިމާޢީ ސަރަޙައްދުތައް ކުނިކެހުމަށް ވޭޖު އުޞޫލުން މުވައްޒަފުން ނެގުން:

މަޤާމް:

ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

6 (ހައެއް)

މަޤާމުގެ ގިންތި

ވަގުތީ (ވޭޖް)

މަޤާމުގެ މުއްދަތު

1 (އެކެއް) އަހަރު.

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ

މަސައްކަތް ކުރަން ހަމަޖެހިފައިވާ ދުވަހާއި، ވަގުތާއި އަދި އުޖޫރަ:

ހ- މަސައްކަތް ކުރަންހަމަޖެހިފައިވަނީ އާއްމުގޮތެއްގައި ކޮންމެހަފްތާއެއްގެ 5 ދުވަހު ދުވާލަކު 3 ގަޑިއިރު ކައުންސިލުން ކަނޑައަޅާ ސްޕަވައިޒަރ ( އތމ ކޮމެޓީން )  ކަނޑައަޅާ ސަރަޙައްދުތަކެވެ.

ށ- ޚާއްޞަ ހާލަތްތަކުގައި ކައުންސިލުން ކަނޑައަޅާ ސަރަހައްދެއް ސާފުކުރަންޖެހިއްޖެނަމަ މިހާލަތުގައިކުރާ މަސައްކަތައްވެސް އުޖޫރަ ހަމަޖައްސާނީ އާއްމުކޮށް ދުވަހު އުޖޫރަ ދިނުމަށް މި އުސޫލުގެ (ބ) ގައި ބަޔާން ކުރެވިފައިވާ ގޮތަށެވެ.

ނ- އިޖްތިމާއީ ސަރަހައްދުތަކުގައި ހުރި ގަސްގަހާގެހިން ކޮށާލަން ޖެހޭ ބައިތައް ކޮށާ އުކާލުމުގެ މަސައްކަތްވެސް ކުރަންވާނީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކާއި ވަގުތު ތަކުގައެވެ.

ރ- މިކައުންސިލުގެ ފަރާތުން ރަށުގެ އެކިސަރަހައްދުގައި ޑަސްބިން ބަހައްޓައިފި ނަމަ އެޑަސްބިންތަކުގައި ހުންނަ ކުނިތައް އުކާލުމާއި އެޑަސްބިންތައް ބަލަހައްޓަންވާނެއެވެ.

 

ބ- އުޖޫރަ ދިނުމަށް ކަނޑައަޅާފައިވާ ގޮތް:

#

މަޤާމު

ދުވަހުއުޖޫރަ

01

މަސައްކަތައް ނިކުންނަ ކޮންމެ ދުވަހަކަށް (3 ގަޑިއިރަށް)

-/90 ރ

 

 

ޅ- މި މަސައްކަތަށް މީހުން ނަގަނީ ވޭޖު އުސޫލުން ކަމަށްވާތީ އުޖޫރަ ދެވޭނީ މަސައްކަތު ނުކުންނަ ދުވަހަކަށް-/90 ރ އެވެ. އަދި ޗުއްޓީގެ އެންމެހައި ކަންކަން ހަމަޖެހިފައިވާނި ވަޒީފާއާއި ބެހޭ ޤާނޫނުގައިވާ ގޮތަށެވެ.

ނ- މި މަސައްކަތްކުރުމަށް ނެގޭ ކޮމިޔުނިޓީ ކައުންސިލް އެސިސްޓެންޓުންނަށް ހަމަޖެހިފައިވާ އުސޫލުން ރަމަޟާން މަހުގެ އިނާޔަތް ދޭވޭނެ އެވެ.

ކޮމިއުނިޓީ ކައުންސިލުގެ އެސިސްޓެންޓުގެ މައިގަޑު މަސްއޫލިއްޔަތު:

ހ- ސުޕަވައިޒަރު ( އތމ ކޮމެޓީން ) އަންގާ ގަޑިއަކަށް، ސަރަހައްދަށް ނުކުމެ ކުނިކެހުމުގެ މަސައްކަތް އަމަލީގޮތުން ކުރުން.

ށ- ކައުންސިލުގެ ބެލެހެއްޓުމުގެ ދަށުގައިވާ އިޖުތިމާޢީ ސަރަހައްދުގައި ހުރި ގަސްގަހާގެހިން ހިނގާބިނގާވާ މީހުނަށް ދަތިވާގޮތައް ހުންނަ ގަސްގަހާގެހީގެ ގޮފިތައް، ފަންތައް ސުޕަވައިޒަރު ( އތމ ކޮމެޓީން ) އަންގާ ގޮތަކަށް ކޮށާ އުކާލުން.

ނ- އެކި މުނާސަބަތާއި، ޚާއްސަ ހާލަތްތަކުގައި އިޖުތިމާއީސަރައްދު ކުނިކަހާ ސާފުކޮށްލަން ކައުންސިލް އިދާރާއިން ބޭނުންވެއްޖެ ހާލަތެއްގައި އެ މަސައްކަތައް ނުކުމެ ސުޕަވައިޒަރު އަންގާގޮތެއްގެ މަތިން އެމަސައްކަތް ކުރުން.

މީހުން ހޮވުމުގައި ޢަމަލުކުރާނެ ގޮތް:

ހ- އުމުރުން 15 އަހަރާއި 65 އަހަރާއި ދެމެދުގެ މީހަކަށްވުން.( 18 އަހަރުންދަށުގެ ކުއްޖަކުނަމަ ބެލެނިވެރިޔާ އިޢުތިރާޒު ނުކުރާކަމުގެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.)

ށ- ޖިސްމާނީގޮތުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި މީހަކު ކަމުގައިވުން.

ނ- މަގާމުގެ އަސާސީ ސަރުތު:

  • ދިވެހި ބަހުން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގުން
  • ދިވެހިބަހުން ލިޔަން އެނގުން.

ރ- މަގާމަށް އެދި ހުށަހަޅަން ޖެހޭތަކެތި:

  • އައިޑީ ކާޑު ކޮޕީ
  • ވަޒީފާއަށް އެދޭ ފޯމް
  • މިގޭ ކުރިން މިބާވަތުގެ މަސައްކަތެއްގައި މިއިދާރާގައި މަސައްކަތްކޮށްފައި ނުވާނަމަ ތަޖުރިބާގެ ލިޔުން.

 

ކ- ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނީ ދިވެހި ސިވިލް ސަރވިސްގެ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލު 2021 ގެ (ތިންނަވަ އިސްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމެނިފައިވާ ގޮތުގެމަތީން ނެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަސައްކަތަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 އޮކްޓޯބަރ 01 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2023 އޮކްޓޯބަރ 08 އިން 19 އޮކްޓޯބަރ 2023 އާ ދެމެދު، މުލަކަތޮޅު މުލަކު ކައުންސިލްގެ އިދާރާ ގައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6720601 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

މި މަޤާމުތަކުގެ މަސްއޫލިއްޔަތު ތަކާއިގުޅޭ އުޞޫލު މިއިދާރާގެ ވެބްސައިޓު http://www.mulah.gov.mv/gavaadhu-view/52 ގައި ޢާއްމުކުރެވިފައިވާނެ އެވެ.

 

އަދި މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މުލަކު ކައުންސިލު އިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން http://www.mulah.gov.mv/Uploads/Downloads/1695030367.pdf ޑައުންލޯޑު ކުރެއްވޭނެއެވެ.

19 ސެޕްޓެންބަރު 2023
ހޯދާ