އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުތަކާއި އިޖްތިމާޢީ ޝަރަޙައްދުތަކާއި ގޭބިސީތަކަށް ބޭނުންވާ ޑަސްބިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

މަގުތަކާއި އިޖްތިމާޢީ ޝަރަޙައްދުތަކާއި ގޭބިސީތަކަށް ބޭނުންވާ ޑަސްބިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

ރަށުގެ މަގުތަކާއި އިޖްތިމާޢީ ޝަރަޙައްދުތަކާއި އަދި ގޭބިސީތަކުގެ ބަދިގެ ބާކީ އެޅުމަށް ބޭނުންވާ ޑަސްބިން ފޯރުކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ސައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަމަށް ރަޖިސްޓްރީކުރުން

  • މިމަސައްކަތަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން، 24 ސެޕްޓެމްބަރު 2023ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމްއިން މިއިދާރާގެ އީމެއިލް[email protected]  މެދުވެރިކޮށް ބީލަމަށް ރަޖިސްޓަރީ ކުރަންވާނެއެވެ.
  • ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް މިއިޢުލާނާއެކީވާނީ ޢާންމު ކުރެވިފައެވެ.
  • މި ބީލަން ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  • ވިޔަފާރީގެ ރަޖިސްޓަރީ ކޮޕީއެއް ހުށައަޅަންވާނެއެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

  • ބީލަމާއި ގުޅޭގޮތުން ވަކި ޙާއްސަ ޕްރީބިޑް މީޓިންގ އެއް ނޯނާނެއެވެ.
  • މި ބީލަމާގުޅޭ އެންމެހާ މަޢުލޫމާތު ކަރުދާސްތައްވާނީ މި އިޢުލާނާއެކު ޢާންމުކުރެވިފައެވެ.  
  • ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 09 އޮކްޓޫބަރު 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން މިކައުންސިލްގެ [email protected] އީމެއިލަށެވެ.
  • މިމަސައްކަތާއި ގުޅޭގޮތުން ސާފުކުރަންޖެހޭ އެންމެހާ މަޢުލޫމާތެއް ސާފުކުރުމަކީ ބީލަން ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

ބީލަން ހުށައެޅުން

 

  • ބީލަން ބަލާގަތުމާއި ހުޅުވުން އޮންނާނީ 12 އޮކްޓޫބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ.
  • ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ ބީލަންތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

                 މިހެންވެ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                           03 ރަބީޢުލްއައްވަލް 1445

18 ސެޕްޓެންބަރު 2023
ހޯދާ