މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާއެޅުމުގެ މަސައްކަތް ކުރުމަށް މ.މަޑުއްވަރިން ބިން ދޫކުރުމުގެ މަސައްކަތް

މި އިދާރާގެ ނަންބަރު (IUL)369-AS/369/2023/39 ( 17 އޮގަސްޓު 2023 ) އިޢުލާނާއި ގުޅިގެން ގާއެޅުމުގެ މަސައްކަތްކުރުމަށް 30 އަހަރުގެ މުއްދަތަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެ ހުށަހަޅުއްވަންޖެހޭ ލިޔުންތަށް ހަމައަށް އެއްވެސް ފަރާތަކުން ހުށަހަޅުއްވާފައިނުވާތީ އާއި ، އެ އިޢުލާންގައި ބިން ކުއްޔަށް ދޫކުރާ އެންމެ ކުޑައަގުގެ ގޮތުގައި އިދާރީގޮތުން ލިޔެވިފައިވަނީ މި ދައުރުގެ ކައުންސިލުން މި ރަށުގެ ބިންތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ އަގަށްވުރެ ކުޑައަގެއްކަމަށްވާތީ ކުރިން މިކަމަށް ކުރެވުނު މި އިދާރާގެ ނަންބަރު (IUL)369-AS/369/2023/39 ( 17 އޮގަސްޓު 2023 ) އިޢުލާން ބާތިލުކޮށް ، ގާއެޅުމުގެ މަސައްކަތްކުރުމަށް 30 އަހަރުގެ މުއްދަތަށް ބިންކުއްޔަށް ހިފުމަށް ބޭނުންވެލައްވާ ފަރާތްތަކުން " ބީލަމުގެ އުޞޫލުން މ. މަޑުއްވަރިން ބިންކުއްޔަށް ހިފުމަށްއެދޭފޯމް " ފުރިހަމަ ކުރައްވަވާ ހުށަހެޅުއްވުމަށް ފުރުޞަތު އެދެމެވެ. މިފޯމާއި ކަމާގުޅޭ މައުލޫމާތު ކަރުދާސް ބަންދުނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން ފެށިގެން 14:00 އަށް މ. މަޑުއްވަރީ ކައުންސިލްގެ އިދާރާއިން ލިބޭނެއެވެ. އަދި މި އިޢުލާނާއި އެއްކަރުދާސްކޮށް އާންމުކުރެވިފައިވެސް ވާނެއެވެ. މި ބިމާއި މެދު ކަންކުރާނެ ގޮތްތައް މައުލޫމާތު ކަރުދާހުގައި ވާނެއެވެ. ފޯމު ފުރިހަމަ ކުރައްވަވާ މ. މަޑުއްވަރީ ކައުންސިލް އިދާރާއަށް ފޯމް ހުށަހަޅުއްވާނީ 2023 ސެޕްޓެމްބަރު 26 ވާ އަންގާރަ ދުވަހުގެ 11:00 ގައި މ. މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވަނިމާލަމަށް ދުރުވެ ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ހުށަހަޅަންވާނީ ސިޓީއުރައަށް ފޯމްލައި ސީޓީއުރަ ބަންދު ކޮށްގެންނެވެ. ސިޓީއުރަ ކަނޑާނީ ފޯމް ހުށަހަޅަން ދުރުވާ ފަރާތްތަކުގެ ޙާޟިރުގައެވެ. ފޯމް ހުށަހަޅަން ބުނެފައިވާ ގަޑީގެފަހުން ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ގާއެޅުމުގެ މަސައްކަތްކުރުމަށް ދޫކުރާ ބިމާބެހޭ މަޢުލޫމަތު 

މި ބިން އޮތްތަން : މ.މަޑުއްވަރީ އާ ތެޔޮބިމުގެ އުތުރަށް

ބިމުގެ ބޮޑުމިން : 50*25 ފޫޓް ( 1250 އަކަފޫޓް )

ބިމުގައި ކުރެވޭނެ ބޭނުން : ގާއެޅުމުގެ މަސައްކަތް / ސިމެންތި ގުދަންކުރުމާއި ސިމެންތި ވިއްކުން

ބިމުގެ ސިފަ : މިބިމަކީ ދިގު އަކަވާގޮތަށް އޮތް ބިމެކެވެ.

 ބިންކުއްޔަށް ދޫކުރާ މުއްދަތު : 30 އަހަރުގެ މުއްދަތަށް

ބިމަށް ކުލި ނަގާނެ މިންވަރު : ބިމުގެ އަކަފޫޓަކަށް މަދުވެގެން 0.75 ލާރީގެ ރޭޓުން ޖެހޭ ޢަދަދެވެ.

ބިންކުއްޔަށް ހިފާ ފަރާތުގައި ހުންނަން ޖެހޭ ޝަރުޠު:

1-      ދިވެހިރާއްޖޭގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ރަޖިސްޓްރީ ކޮށްފައިވާ ކުންފުއްޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ނުވަތަ ފޮރިން އިންވެސްޓްމަންޓު ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފޮރިން އިންވެސްޓްމަންޓެއް ނުވަތަ ބިދޭސީ ވިޔަފާރިއެއް ކަމަށްވުން .

2-      ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ބިންގަނެ ވިއްކުމުގެ މުޢާމަލާތެއް ކުރުމުގައި އޮޅުވާލުމާއި ، މަކަރާއި ހީލަތްހެދުމާއި ، ފްރޯޑްގެ ކުށެއް ސާބިތުވެފައި ނުވުމާއި ، އެއްވެސް ހުކުމެއް ތަންފީޒު ކުރަމުންދާ ޤާނޫނީ ޝަޚްސަކަށް ނުވުން.

3-      މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ދައްކަންޖެހޭ ފައިސާއެއް ވާނަމަ ، ފައިސާ ދައްކަންޖެހޭ އުސޫލުން ދައްކަމުން ގެންދާ ފަރާތަކަށްވުން

4-      އިފްލާސް ކޮށްފައިވާ ޤާނޫނީ ޝަޚްސަކަށްނުވުން.

 

ޕޮއިންޓް ދިނުމުގައި ބަލާނެ ކަންކަން

  • ޖުމުލަ އަގު %40
  • މާލީ ޤާބިލުކަން
  • ސީ.އެސް.އާރު %50

      ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

18 ސެޕްޓެންބަރު 2023
ހޯދާ