ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް )ސައުތު ސެންޓްރަ ޒޯން، ސައުތު ޒޯން(

އިޢުލާން

18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް )ސައުތު ސެންޓްރަ ޒޯން، ސައުތު ޒޯން(

 

18 ވަނަ އިންޓަރ ސްކޫލް ބެޑްމިންޓަން މުބާރާތް ސައުތު ސެންޓްރަލް ޒޯން، ސައުތު ޒޯން މުބާރާތް ވަނީ 13 އިން 19 އޮކްޓޯބަރ 2023 އަށް އައްޑޫ ސިޓީ، ހިތަދޫ ބެޑްމިންޓަން އެރީނާގައި ބޭއްވުމަށް ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާޢިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ސްކޫލް/މަދަރުސާތަކުން މުބާރާތާ ބެހޭ އެންމެހާ ކަންކަމުގައި މުޢާމަލާތު ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅުއްވާ އެފަރާތެއްގެ ނަން، މަޤާމް އަދި ގުޅޭނެ ނަމްބަރު އެނގޭނެގޮތަށް ބެޑްމިންޓަން އެސޯސިއޭޝަންގެ ޓޯނަމެންޓް އީމެއިލް [email protected] އަށް ފޮނުވައިދެއްވުން އެދެމެވެ. ފޯކަލް ޕޮއިންޓުތައް ހިމަނައިގެން މުބާރާތުގެ މަޢުލޫމާތު ޙިއްސާކުރުމަށް ވަޓްސްއެޕް ގްރޫޕެއް އެކުލަވާލެވޭނެއެވެ.

ވީމާ، މުބާރާތުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ސްކޫލް/މަދަރުސާތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު 27 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޓޯނަމަންޓް އީމެއިލްއަށް [email protected]  ފޮނުވުމަށް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންވާނަމަ، ލިޔުމުން މުބާރާތަތަކަށް ޚާއްސަކުރެވިފައިވާ އީމެއިލް [email protected] އަށް ފޮނުވުމަށް ދެންނެވީމެވެ.

18 ސެޕްޓެންބަރު 2023
ހޯދާ