ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

ފުވައްމުލަކު ސިޓީ ކައުންސިލުން ބޭނުންކޮށްފައިވާ ބައެއް ތަކެތި  ނީލަން ކިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަ ފަރުދެއްނަމަ  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަވަން ވާނެއެވެ. ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރައްވާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މިއިދާރާއަށް ފައިސާ ދެއްކެވުމަށްފަހު އެ ތަކެތި ގެންދަވަންވާނެއެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހު ނީލަމު އުޞޫލުން ކޮންމެ ލޮޓެއް ވަކިންނެވެ.

           ވީމާ، ނީލަމުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 10:00 އަށް ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ އަށް ވަޑައިގެންދެއްވުން އެދެމެވެ.

18 ސެޕްޓެންބަރު 2023
ހޯދާ