މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ގ.އ ވިލިނގިލި ކަސްޓަމްސްގައިހުރި ބައު ތަކެތި ނީލަމުގައި ވިއްކުން

         މި އޮފީހުގެ (IUL) 14-A4/1/2023/59 (28 އޮގަސްޓް 2023) ނަމްބަރު އިއުލާނާ ގުޅިގެން 07 ސެޕްޓެމްބަރ 2023 ގައި ބޭއްވުނު ނީލަމުގައި ލޮޓް 3 އަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ ދުވަހު ނީލަމުގެ އުސޫލުން ނީލަންކިޔުން 08 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ގ.އ ވިލިނގިލި ކަސްޓަމްސް އޮފީހުގައި އޮންނާނެއެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަންފެށޭ އަގު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

         ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

         ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން 08 އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00އަށް ގ.އ ވިލިނގިލި ކަސްޓަމްސްއަށް ހާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.  އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

         މިހެންވެ، މިކަން ންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ސެޕްޓެންބަރު 2023
ހޯދާ