މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސައިޓް ސްޕަވައިޒަރ

ވަޒީފާގެ ފުރުޞަތު


މިކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ސައިޓް ސްޕަވައިޒަރ

ބޭނުންވާ ޢަދަދު

 01 ( އެކެއް )

ވަޒީފާގެ ބާވަތް

 ވަގުތީ ( ކޮންޓްރެކްޓް 01 އަހަރު ދުވަސް )

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފެރީ ސެކްޝަން / އެފް.ޕީ.އެލް.ޑީ / ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް

މުސާރަ:

 13,013.00 ރުފިޔާ (ތޭރަހާސް ތޭރަ ރުފިޔާ)

އިތުރު ޢިނާޔަތްތައް:

  • އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

  • ލިޔަންކިޔަންދަތުމާއިއެކު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން
    • މަގާމާއި ގުޅޭ ދާއިރާއިން 05 އަހަރުގެ ތަޖުރިބާހުރި މީހާކަށްވުން

މަޤާމުގެ މަސްޢޫލިއްޔަތު:

  • ފެރީ ދަތުރުތައް ހަމަޖެއްސުމާއި ދަތުރު ފެއްޓުމުގެކުރިން ކަޑައެޅިފައިވާ ޝެޑިއުލްފެރީތަކަށް ދޯނި ތައްޔާރުވެފައިވޭތޯ އަދި ފެރީގެ މުވައްޒަފުން ހަމަތޯ ބަލައި ޗެކުރުން
  • ދޯނިފަހަރުތައް ޑޮކްކުރުމުގެ މަސައްކަތާއި މަރާމާތުގެ މަސައްކަތްތައް ބެލެހެއްޓުން
  • ފެރީ ޝެކުޝަނުގައި ހުންނަ ފައިބަރު މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން
  • ޝެކުޝަންގެ މުވައްޒަފުން މަދުވެ ދޯނި ދުއްވާނެ ޑްރައިވަރެއް ނެތް ހާލަތެއްގައި ޒިންމާ ނެގުން
  • މަސައްކަތުގެ މާހައުލުގައި ޑިޕާރޓުމެންޓް އިންޗާރޖް އަންގައިފި ހިނދެއްގައި އަންގާ މަސައްކަތްތައް ކުރުން
  • ސެކުޝަނުގެ މުވައްޒަފުންގެ ޑިއުޓީ ހަމަޖެއްސުމާއި އިތުރުގަޑިއާއި ބަންދުދުވަސްތަކުގައި މުވައްޒަފުންގެ ޑިއުޓީ ހަމަޖެއްސުން އަދި ޙާޟިރީގެ ކަންކަން ބެލެހެއްޓުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް (ވަޒީފާއަށް ހޮވުނުކަން އެންގުމުން).

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

  • އެޕްލިކޭޝަން ހުށަހަޅާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށެވެ.
  • އީމެއިލް ކުރައްވާނަމަ [email protected] ކުރެއްވުން އެދެމެވެ.
  • ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހަޅަންޖެހޭ ސުންގަޑިއަކީ 21 ސެޕްޓެންބަރު 2023 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް. ގއ. ކޫއްޑޫގައެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  7982424 / 7787186 ފޯނަށް ގުޅުއްވުން އެދެމެވެ.

18 ސެޕްޓެންބަރު 2023
ހޯދާ