މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
މި އޮފީހުގައި ބޭނުންކޮށްފައިވާ ވެހިކަލް ނީލަން ކިޔުމާބެހޭ

      މި އޮފީހުގެ (IUL) 14-A4/1/2023/64 (28 އޮގަސްޓް 2023) ނަމްބަރު އިއުލާނާ ގުޅިގެން 07 ސެޕްޓެމްބަރ 2023 ގައި ބޭއްވުނު ނީލަން ކާމިޔާބު ކުރި ފަރާތުން ނީލަން ކާމިޔާބު ކުރި ލިޔުމުގައި ސޮއި ކުރަން އުޒުރުވެރިވުމުގެ ސަބަބުން އަލުން ނީލަންކިޔުން 08  އޮކްޓޯބަރ 2023 ވާ އާދީއްތަ ދުވަހު ހެނދުނު 11:00 ގައި ހުޅުމާލެ ކަސްޓަމްސް ބޮންޑެޑް ވެއަރ ހައުސް ގައި ދުވަހު ނީލަމުގެ އުސޫލުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި ނީލަން ފެށޭ އަގު މި އިޢުލާނާއި އެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.

      ނީލަމުގައި ވިއްކާލާ ތަކެތީގެ ހާލަތު، ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު ނީލަން ކުރިއަށްދާ ސަރަޙައްދަށް ވަޑައިގަތުމުން އެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

      ނީލަން ކާމިޔާބުކުރާ ފަރާތަކުން 24 (ސައުވީސް) ގަޑިއިރުތެރޭގައި ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv  އަށް ދެއްކެވުމަށްފަހު، ތަކެތި 03 (ތިން) ދުވަސްތެރޭގައި ގެންދަވަން ވާނެއެވެ.

      ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން 08 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ހުޅުމާލެ ކަސްޓަމްސް ބޮންޑެޑް ވެއަރ ހައުސް އަށް ހާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމަކާއި ދެފަރާތުގެ އައި.ޑީ ކާޑުގެކޮޕީ ގެންނެވުން އެދެމެވެ.

 

            މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ސެޕްޓެންބަރު 2023
ހޯދާ