ނަޑެއްލާ ސުކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަސައްކަތު މީހަކު ހޯދުމަށް މި ސްކޫލުން ކޮށްފައިވާ  ނަންބަރު GS-204/IU/2015/2 ގެ ޢިއުލާން ބާޠިލުކުރަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އަންގަވާފައިވާތީ، މަސައްކަތު މީހަކު ހޯދުމަށް އަލުން ޢިއުލާނުކުރަމެވެ.

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)                 

ރޭންކް: އެސް.އެސް. 1

ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މުސާރަ: މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ވަޒީފާ އޮތް އޮފީސް: ނަޑެއްލާ ސްކޫލް

ގިންތި: ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ނަޑެއްލާ ސްކޫލް                 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

ސްކޫލު ގޯތިތެރެއާއި މަގުމަތި އަދި ކްލާސްތައް ސާފުކޮށް ބެލެހެއްޓުން:

  • ހަމަޖެހިފައިވާ އުސޫލުން ސްކޫލު ގޯތިތެރެއާއި މަގުމަތިން ހަވާލުކުރެވިފައިވާ ސަރަހައްދު ކުނިކަހައި ސާފުކުރުން.
  • ކްލާސްތައް ކުނިކަހައި ސާފުކޮށް ބެލެހެއްޓުން.
  • ހަވާލުކުރެވިފައިވާ ކްލާސްތަކުގައިވާ ފަރުނީޗަރުތައް ހިރަފުސް ފޮޅައި ސާފުކޮށް ތަރުތީބުކުރުން.
  • ފަހު ދަންފަޅި ނިމުމުން، ކްލާސްތަކުގެ އެންމެހައި ކުޑަދޮރުތައް ހުރީ ތަންޑުއެޅުވިފައިކަން ކަށަވަރުކުރުމާއި، ބޮޑު ދޮރު ލައްޕާފައި ބެހެއްޓުން.
  • ހަވާލުކުރެވިފައިވާ ސަރަޙައްދުގައިވާ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ، އިސްވެރިޔަކަށް ވަގުތުން އެކަން އެންގުން.

ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސާފުކޮށް ބެލެހެއްޓުން؛

  • ސްޓާފްރޫމް މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކުރުން.
  • ސްޓާފްރޫމާއި ކޮމްޕިޔުޓަރ ލެބާއި، ލައިބްރަރީގައިވާ ފަރުނީޗަރުތައް މަދުވެގެން ހަފުތާއަކު 2 ފަހަރު ހިރަފުސްފޮޅައި ސާފުކުރުން.
  • އޮފީސް ޢިމާރާތާއި ޕްރިންސިޕަލް ކެބިން، މަދުވެގެން ދުވާލަކު އެއްފަހަރު ކުނިކަހައި ސާފުކޮށް މޮޕްލުން.
  • އޮފީސް ޢިމާރާތުގައްޔާއި ޕްރިންސިޕަލް ކެބިންގައިވާ ފަރުނީޗަރުތައް، މަދުވެގެން ހަފުތާއަކު 2 ފަހަރު ހިރަފުސްފޮޅައި ސާފުކުރުން.
  • ސްކޫލުގެ ފާޚާނާބަރި ދޮވެ ސާފުތާހިރުކޮށް ބެލެހެއްޓުން.
  • ސްކޫލުގެ އެހެނިހެން ޢިމާރާތްތައް ސްޕަވައިޒަރު އަންގައިފި ޙާލަތެއްގައި އެ އެންގި އުސޫލަކުން ސާފުކުރުން.

  ދާއިރާއާ ގުޅުންހުރި ކަންކަމުގައި ސްކޫލުގެ މުވައްޒަފުންނަށް އެހީތެރިވުން:

މުދައްރިސުންނާއި އިދާރީ މުވައްޒަފުން ސްކޫލާ ގުޅުންހުރި މަސައްކަތެއްކޮށްދިނުމަށް އެދިއްޖެނަމަ، އެ އެދުނު ކަމެއް ކޮށްދިނުން. މީގެ ތެރޭގައި ހިމެނެނީ ،މުދައްރިސުން ދެއްވާ ސްލިޕްކޮޅުތައް ބެހުމާއި، އިދާރީ މުވައްޒަފުން  ހަވާލުކުރާ އިޢުލާންތައް ސްކޫލާއި ރަށުގެ ތަންތަނުގައި ހަރުކުރުމާއި، އިދާރާއިން އެދިއްޖެ ޙާލަތެއްގައި ބެލެނިވެރިންނަށް ދޭން އެ ބޭނުންވާ މެސެޖް ރައްދުކޮށްދިނުންފަދަ ކަންކަމެވެ.

އިތުރު ހަރަކާތްތައް ރާވައި ހިންގުމުގައި އެހީތެރިވުން:

  • ސްކޫލުގެ ދަރިވަރުންނާއި ސްކޫލުގެ ކުރިއެރުމަށް ރާވައިގެން ހިންގޭ އިތުރު ހަރަކާތްތަކުގައި ބައިވެރިވާން ސްކޫލުން އަންގައިފި ޙާލަތެއްގައި ޢަމަލީގޮތުން ބައިވެރިވެ، އެކަމެއް ކާމިޔާބުކުރުމަށް ހުރިހާ މާނައެއްގައިވެސް މަސައްކަތްކުރުން. އަދި އެފަދަ ހަރަކާތެއްގައި އިސްކޮށް ހަރަކާތްތެރިވުމަށް ހަވާލުކުރެވިއްޖެނަމަ، އެ ހަރަކާތެއް ބާއްވަން ކަނޑައެޅިފައިވާ ތާރީޚުގައި ބާއްވައި، ކާމިޔާބުކަމާއެކު ކޮށް ނިންމުން.
  • ސްކޫލުގައި ފާހަގަކުރާ ދުވަސްތަކާއި މުނާސަބަތުތަކުގައި ހަވާލުކުރެވޭ ކަންތައްތައް ކަނޑައެޅިފައިވާ ގަޑިއަށް ފަރުވާތެރިކަމާއެކު ކޮށް ނިންމުން.

މަސައްކަތްތައް ދުވަހުން ދުވަހަށް ނިންމުން:

  • ހަވާލުކުރެވިފައިވާ މަސައްކަތެއް ހަވާލުކުރެވުނު މުއްދަތަށް އެއްވެސް ސަބަބަކާހުރެ ނިންމުމަށް އުޒުރުވެރިވެއްޖެނަމަ،  ކުރިޔާލައި ސްޕަވައިޒަރަށް އެކަން އަންގައި، ސްޕަވައިޒަރުގެ ލަފާގެމަތިން ދެން ކުރިއަށްދާންވީ ކިހިނެއްތޯ ބަލައި، އެގޮތަކަށް ޢަމަލުކުރުން.
  • ޗުއްޓީ، ސަލާމް، ޢާއިލީ ޒިންމާގައި ހުރުމަށްފަހު ވަޒީފާއަށް ނިކުންނައިރު ހަވާލުކުރެވިފައިވާ އެއްވެސް މަސައްކަތެއް ނުނިމިވާނަމަ، ނިކުންނަތާ ހަފުތާއެއްގެތެރޭގައި އެ މަސައްކަތްތައް ނިންމުން.
  • ބަދަލު އިންތިޒާމް:
  • އޮފީހުގެ އެހެން މުވައްޒަފަކަށް ހަވާލުކުރެވިފައިވާ ކަމެއް އެ މުވައްޒަފުގެ ބަދަލުގައި ކުރަން ހަވާލުކުރެވިއްޖެނަމަ، އެކަމެއް ކުރަން ރޭވިފައިވާގޮތަށް، ކަނޑައެޅިފައިވާ ވަގުތަށް ފުރިހަމަކޮށް ކާމިޔާބުކަމާއެކު ނިންމުން.

އެހެނިހެން  މަސައްކަތްތައް:

  • ހަވާލުކުރެވިފައިވާ ސަރަހައްދުގައިވާ ގަސްތައް ކޮށަންޖެހިއްޖެ ޙާލަތެއްގައި ކޮށުން.
  • ހަވާލުކުރެވިފައިވާ ސަރަހައްދުގައިވާ ވިނަނޮޅަންޖެހޭ ތަނެއް ވާނަމަ، ވިނަނޮޅުން.
  • ހަވާލުކުރެވޭ ސަރަހައްދުގައިވާ ދިޔަދޮވިތަކާއި ފުރާޅު ސާފުކުރަން ޖެހިއްޖެ ޙާލަތެއްގައި ސާފުކުރުން.
  • ފެންތާނގީތައް ސާފުކުރަން ޖެހިއްޖެ ޙާލަތެއްގައި ސާފުކޮށް ފެންނެގުން.
  •  މުދައްރިސުންނާއި ބެލެނިވެރިންނާއި، ދަރިވަރުންނަށް ޚިދުމަތެއް ފޯރުކޮށްދޭން ސްކޫލުން އެންގިއްޖެ ޙާލަތެއްގައި، އެ ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ޒިންމާދާރުކަމާއެކު ފޯރުކޮށްދިނުން.
  • ފޯރުކޮށްދޭ ޚިދުމަތަކީ ސްކޫލަށް އެންމެ ފައިދާހުރިގޮތުގައި ޚަރަދުކުޑަކޮށް ފޯރުކޮށްދެވުނު ޚިދުމަތެއްކަން ކަށަވަރުކުރުން.
  • ސްކޫލުގެ މުދައްރިސުންނާއި، ބެލެނިވެރިންނާއި، އެކުގައި މަސައްކަތްކުރާ އެހެނިހެން ފަރުދުންނާއި ގާތް ގުޅުމެއް ބާއްވައި އިޙުތިރާމްކުރުން.
  • ކިޔެވުން އޮންނަ ދުވަސްތަކުގައި ހަވާލުކުރެވިފައިވާ ތާވަލާ އެއްގޮތަށް ބެލްޖެހުން.
 

މަޤާމުގެ ޝަރުޠު:                                              

  1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު.
  • ހުށަހަޅާފައިވާ މަސައްކަތުގެ ތަޖުރިބާ.
  • ސިވިލް ސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި މަސައްކަތުގެ އުޅުމާއި އަޚްލާޤު.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކާ އިންޓަވިއުކޮށްގެން ލިބޭ މާކްސް.

އިންޓަވިއު ކުރުން:

ހ. މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ، 2015 މާރިޗު 4 އާއި 9 އާ ދެމެދުގައި ނަޑެއްލާ ސްކޫލުގައެވެ.

ށ. އިންޓަރވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު ނަޑެއްލާ ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) 

ރ. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ގދ. ނަޑެއްލާ ސްކޫލުގެ ކައުންޓަރަށެވެ.
  • ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 4 ވަނަ ދުވަހުގެ 15:00 އެވެ.

ނޯޓް:

- މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ނަޑެއްލާ ސްކޫލުގެ 7983088 ނަންބަރު ފޯނަށް ނުވަތަ 6840064 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

 4 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015
ހޯދާ