މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާލެއަތޮޅު ތުލުސްދޫ ފުޓްސަލް ދަނޑުގެ ޓާރފް ބަދަލުކޮށް އައު ޓާރފް އިންސްޓޯލްކޮށްދޭނެ ފަރާތެއްހޯދުން

މާލެއަތޮޅު ތުލުސްދޫ ފުޓްސަލް ދަނޑުގެ ޓާރފް ބަދަލުކޮށް އައު ޓާރފް އިންސްޓޯލްކޮށްދޭނެ ފަރާތެއްހޯދުން

މިކައުންސިލުން ދޭ މަޢުލޫމާތާއިއެއްގޮތަށް މާލެއަތޮޅު ތުލުސްދޫ ފުޓްސަލް ދަނޑުގެ ޓާރފް ބަދަލުކޮށް އައު ޓާރފް އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 20 ވަނަ ދުވަހު 13:00 ގެ ކުރިން ތިރީގައިވާ ބިޑްގައި ރަޖިސްޓްރީވުމަށް އެދޭ ލިންކް މެދުވެރިކޮށް ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އެއްވެސް މައުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 2023 ސެޕްޓެމްބަރ 20  ވަނަ ދުވަހު 11:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2023 ސެޕްޓެމްބަރ 26  ވަނަ ދުވަހުގެ 10:00 އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ. ބިޑްގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ފަރާތަކަށްވެސް ބިޑް ހުށައެޅޭނެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

ލިންކް: https://docs.google.com/forms/d/1AyucrMHMg5TnSiyAA3KVHpr21EbnakdBaWv94170ds8/viewform?edit_requested=true

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

02  ރަބީޢުލްއައްވަލް 1445

17 ސެޕްޓެންބަރު 2023
ހޯދާ