ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިޑުކޮމެޓީގެ 2023 ވަނަ އަހަރުގެ 17 ވަނަ ބިޑް ކޮމެޓީގެ ނިންމުން އާންމުކުރުން

ތާރީޚް: 14 ސެޕްޓެމްބަރ 2023

ނަންބަރ:(IUL)327-A/327/2023/257

ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން

               

ތިރީގައި އެވަނީ 2023 ސެޕްޓެމްބަރ 14 ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2023 ވަނަ އަހަރުގެ 17 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.

  1. 40.16 (އެޓޯލް މެރިން ސެންޓަރ ހިންގާ ޢިމާރާތް) އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/231 ބީލަމާއި ގުޅިގެން  އިވެލުއޭޝަން ކޮމެޓީގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް ނައިފަރު ޖުވެނައިލްއަށް ބީލަން އެވޯޑް ކުރުމަށް ފެންނަކަމަށް ނިންމުން.
  2. 40.17 (A) (އަކުއާ ގާޑަން ހިންގާ އިމާރާތް) ބިމުގައި ކެފޭ ހިންގުމަށް ޚާއްޞަކުރެވިފައިވާ ބައިކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/230 ބީލަމާއި ގުޅިގެން އިވެލުއޭޝަން ކޮމެޓީގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް ފަންސަވަންނައަށް ބީލަން އެވޯޑް ކުރުމަށް ފެންނަކަމަށް ނިންމުން.
  3. 40.17 (B), 40.17 (C), 40.17 (D) (އަކުއާ ގާޑަންގެ ހުޅަނގުން އޮންނަބިމާއި އައުޓް ޑޯރ ޖިމްހުރި ބިން) ބިމުގައި މޫދު ކުޅިވަރާއި ގުޅޭ ޚިދުމަތް ދިނުމަށް ޚާއްޞަކުރެވިފައިވާ ބައިތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރު (IUL)327-A/327/2023/232 ބީލަމާއި ގުޅިގެން ބިޑް އިވެލުއޭޝަން ކޮމެޓީގެ ނިންމުންތަކާއި އެއްގޮތަށް 40.17 (B) ނަންބަރު ބިން އާރޓިކް އަށް، 40.17 (C) ނަންބަރު ބިން ސޭބޯ އަށް އަދި 40.17 (D) ނަންބަރު ބިން އަބްދުﷲ ނާހިދު އަބްދުއް ލަތީފް، ހަބަރޭވިލާ، ޅ.ނައިފަރު އަށް އެވޯޑްކުރަން ފެންނަކަމަށް ނިންމުން.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

                  14 ސެޕްޓެމްބަރ 2023

14 ސެޕްޓެންބަރު 2023
ހޯދާ