ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ ( ޖީއެސް 4 )

ިންމަފުށީ ސްކޫލް

  ކ.ހިންމަފުށި                        

އެޑްމިނިސްޓްރޭޓިވް އޮފިސަރ

  މިސްކޫލުން އެޑްމިނިސްޓްރޭޓިވް އޮފިސަރ ބޭނުންވެގެން ކުރި ނަންބަރު: GS141/MIS/2023/06 އިއުލާނު ބާތިލުކޮށް 3 ފަހަރަށް އެމަޤާމަށް އަލުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

                                                                             17 ސެޕްޓެމްބަރ 2023

                ނަންބަރު:GS141/IUL/2023/14

އިޢުލާނު

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-372350

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ހިންމަފުށީ ސްކޫލް. ކ.ހިންމަފުށި

މުސާރަ:

5،020.00 ރުފިޔާ

ސަރވިސް އެލަވަންސް:

1،500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

- ސަޕޯޓިންގ ކޯ އެލަވަންސް -/700 ރުފިޔާ

- ސްޕްޝަލް ޑިއުޓީ އެލަވަންސް(1757 )  %35

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަސްމީ ބަޖެޓާއި، ސްކޫލްގެ އެހެނިހެން ފައިސާއާއިބެހޭ އެންމެހައި ލިޔެކިޔުންތައް ދައުލަތުގެ މުދަލާއި ފައިސާ ހޭދަކުރުމުގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ލިޔެ ބެލެހެއްޓުން.
  2. ސްކޫލަށް ހޯދަންޖެހޭ އެއްވެސް ޚިދުމަތެއް ހޯދުމުގައި ކުރަންޖެހޭ ޚަރަދެއް ކުރުމުގެ ކުރިން ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް ހުއްދަ ހޯދަންޖެހޭ ފަރާތްތަކުން ހުއްދަ ހޯދުން. އަދި މުއްދަތު ފަހަނައަޅައި ދިޔުމުގެ ކުރިން އެއެއްޗެއް ނުވަތަ ޚިދުމަތެއް ހޯދުން.
  3. ސްކޫލްގެ ބަޖެޓާއި، ބަޖެޓްގެ ބޭރުން ސްކޫލަށް ވަންނަ އެންމެހައި ފައިސާގެ މުޢާމަލާތްތައް ވެސް، މާލިއްޔަތު ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކުރަމުން ގެންދިޔުން.
  4. އިދާރީ ލިޔެކިޔުންތައް ބެލެހެއްޓުމާއި، ސްކޫލުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ރިޕޯޓްތަކުގެ ތެރެއިން ފައިސާއާއި ގުޅުންހުރި ރިޕޯޓްތަކާއި ލިޔުންތައް ކަނޑައަޅާ މުއްދަތަށް ފޮނުވުން.
  5. ސްކޫލުގެ ބަޖެޓުން ކުރާ އެންމެހައި ޚަރަދުތަކުގެ ތަފުސީލުތައް ކަމާއި ގުޅޭ ފޯމުތަކުގައި ނުވަތަ އަޕްޑޭޓް ކުރަމުން ގެންދިޔުމާއި، އެކަމާއި ގުޅޭ ލިޔެކިޔުންތައް ގަވާއިދުން ބަލަހައްޓަމުން ގެންދިޔުން
  6. ހޯދާ ޚިދުމަތްތަކާއި ގުޅިގެން އަދާކުރަންޖެހޭ ބިލްތައް ބިލްގައި ފައިސާ ދެއްކުމަށް ބުނެފައިވާ މުއްދަތުގައި ބިލް އަދާކުރަމުން ގެންދިޔުން.
  7. ސްކޫލަށް ކުއްޔަށްހިފާ ތަންތަނާއި ތަކެއްޗާއި އެސްޓިމޭޓް އުސޫލުން ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން ބަލަހައްޓަންޖެހޭ ލިޔެކިޔުންތައް ބެލެހެއްޓުން.
  8. މުވައްޒަފުންނަށް މުސާރަދިނުމާ ، އެހެނިހެން ކަންކަމަށް ހޯދަންޖެހޭ ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައް ހަމަޖައްސާ އެކަންކަމާ ގުޅިގެން ބަލަހައްޓަންޖެހޭ އެންމެހާ ރެކޯޑްތައް ތައްޔާރުކޮށް ބެލެހެއްޓުން.
  9. ކޮންމެ މަހަކުވެސް އެމަހެއްގެ މުސާރަޝީޓު ފައިނޭންސް ސެކްޝަނުން އަންގާގޮތަށް އިސްވެރިޔާގެލަފާގެމަތިން އަތޮޅު ޑެސްކަށްފޮނުވުން.
  10. މުވައްޒަފުންނަށް، އެމީހުންނަށް ލިބުނު މުސާރައިގެ ތަފްސީލް އެނގޭނޭފަދަ ލިޔުމެއް ކޮންމެ މަހަކުވެސް ޙަވާލުކުރުން.
  11. މާލީ ހިސާބުތައް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚުތަކަށް މާލީ ހިސާބުތައް ނިންމާ ފޮނުވަންޖެހޭ ހިސާބުތަކާ ރިޕޯޓްތައް ފޮނުވަން ޖެހޭ ތަންތަނަށް ފޮނުވާ ، ލިބުނުކަން ކަށަވަރުކުރުން. އަދި ލިޔެކިޔުން ފައިލްކޮށް ބެލެހެއްޓުން.
  12. ހިނގަމުންދާ އަހަރުގެ ފެބުރުއަރީ މަހުގެ ނިޔަލަށް، ވޭތުވެދިޔަ އަހަރުގެ އަހަރީ ރިޕޯރޓް ތައްޔާރުކޮށް ޕްރިންސިޕަލަށް ހިއްސާކުރުން
  13. އިދާރީ ކަންކަން ބެލެހެއްޓުމާއި ޙަވާލުވެ ހުންނެވި ވެރިޔާ އަންގަވާ އިދާރީ މަސައްކަތް ކުރުމާއި އިދާރީ މަސައްކަރް ކުރުމަގައި ސްކޫލްގެ ވެރިންނާއި އެހެން މުވައްޒަފުންނަށް އެހީތެރިވުން.
  14. އިދާރީ ކަންކަން ބެލެހެއްޓުމާއި ޙަވާލުވެ ހުންނެވި ވެރިޔާ އަންގަވާ އިދާރީ މަސައްކަތް ކުރުމާއި އިދާރީ މަސައްކަރް ކުރުމަގައި ސްކޫލްގެ ވެރިންނާއި އެހެން މުވައްޒަފުންނަށް އެހީތެރިވުން.
  15. މަސައްކަތަށް ބޭނުންވާ ފޮތް ނުވަތަ ފައިލްތައް ތައްޔާރުކޮށް ނަންއަޅާ ސެލޯފިންލައި ފުރިހަމަކުރުން.
  16. ތަފާސް ހިސާބު ރިޕޯޓް އެކުލަވާލުމުގައި ޙަވާލުކުރެވޭ ބައި ވަގުތަށް ނިންމުން.
  17. ދަރިވަރުންގެ ކުރިއެރުމަށް ހިންގާ އިތުރު ހަރަކާތް ތަކުގައި އަމަލީގޮތުން ބައިވެރިވެ، ހަވާލު ކުރެވިފައިވާ ހަރަކާތެއް ސްކޫލް އެކްޓިވިޓީ ކަލަންޑަރުގައިވާ ގޮތުގެ މަތިން ރާވައި ހިންގުން
  18. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއިއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ ޝަރުޠުތައް:

1. 'ސާނަވީ' ނުވަތަ އެއާ އެއް އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދައްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއިއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

2. 'މަތީ ސާނަވީ' ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގުރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.

 

ނުވަތަ

3. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގުރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • ނެތް 

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:

  • -  ނެތް

 

މަޤާމުގެ ކޯޑިސިޕްލިން:

  • -  ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާ ގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.( https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537- 29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ : ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުން ފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީ ފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަ ރާއި މަހާއި ދުވަސް އެނގޭގޮތަށް،) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/  އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮ ތަށް،) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް،) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައި ވާ ލިޔުން

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް،) ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަ ންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ).

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފަ އިވާ ޤައުމީ ނު ވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް،) ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކް ރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް ".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ސެޕްޓެމްބަރ 2023 ގެ 13:00 ގެ ކުރިން، ހިންމަފުށީ ސްކޫލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލް / އިމްތިޚާނު އޮންނާނީ،1 އޮކްޓޯބަރ 2023 އާއި 8 އޮކްޓޯބަރ 2023 އާ ދެމެދު، ހިންމަފުށީ  ސްކޫލް ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640585 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

17 ސެޕްޓެންބަރު 2023
ހޯދާ