ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފާރިކުރުމަށް ބިމެއް ކުއްޔަށް ދޫކުރުމާއި ގުޅޭ

 ތެލުގެ ވިޔަފާރިކުރުމަށް ޝެޑެއް ހެދުމަށް ލ.މުންޑޫގެ ބަނދަރުގެ ހުޅަނގު އުތުރު ފަރާތުން 5000 (ފަސްހާސް ) އަކަފޫޓްގެ ބިމެއް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށްދިނުން.

ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ތަނާއި، ބޭނުން

20 އަހަރު ދުވަހަށް

ބިން ދިނުމަށް ހަމަޖެހިފައިވާ މުއްދަތު:

މި ބިން ދިނުމަށް ހަމަޖެހިފައިވަނީ ބިޑްފޮތް ވިއްކައިގެންނެވެ. ބިޑްފޮތް ވިއްކާނީ 17  ސެޕްޓެމްބަރ 2023 އިން  01  އޮކްޓޯބަރ 2023 އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 14:00 އަށް ހައްދުންމަތީ މުންޑޫ ކައުންސިލްގެ އިދާރާއިންނެވެ.  

ބިޑްފޮތް ވިއްކުން:

ބިޑް ފޮތެއް ވިއްކާނީ 1000.00 (   އެއްހާސް ރުފިޔާ ) އަށްށެވެ.

ބިޑްފޮތް ވިއްކާ އަގު:

- ބިޑް ކުރާ ހުރިހާ ފަރާތްތަކުންވެސް ރ.5000 ( ފަސް ހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ. މި ބިޑް ސެކިއުރިޓީއަކީ، ރާއްޖޭގައި ހިންގާ ބޭންކަކުން ނުވަތަ ސަރުކާރުން ޤަބޫލުކުރާ ފައިނޭންޝަލް އިންސްޓްޓިއުޝަނަކުން ދޫކުރެވިފައިވާ، ބިޑް ހުޅުވާ ތާރީޚުން ފެށިގެން 40 (ސާޅީސް ) ދުވަހުގެ މުއްދަތަށް ޞައްޙަކަން ދެމިއޮންނާނެގޮތަށް ދޫކޮށްފައިވާ ބިޑް ސެކިއުރިޓީއަކަށް ވާންވާނެއެވެ.

އެހެނިހެން:

- ކައުންސިލްގެ އަމިއްލަ އިޚްތިޔާރުގައި ނުވަތަ ބިޑް ހުށަހަޅަން ބިޑް ފޯމް ގަނެފައިވާ ފަރާތަކުން ސާފުކުރަން އެދޭ މަޢުލޫމާތަކާ ގުޅިގެން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ބިޑް ޑޮކިއުމަންޓަށް، 28 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، އިޞްލާޙު ގެނައުމުގެ ފުރިހަމަ އިޚްތިޔާރު، ކައުންސިލަށް ލިބިގެންވެއެވެ.

- ކައުންސިލުން ބިޑް ޑޮކިއުމަންޓަށް ގެންނަ ކޮންމެ އިޞްލާޙެއްވެސް، ބިޑް ޑޮކިއުމަންޓް ގަނެފައިވާ ހުރިހާ ފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.

ބިޑް ޑޮކިއުމަންޓް އިޞްލާޙުކުރުން

ލ.މުންޑޫ ކައުންސިލްގެ އިދާރާ

ބިޑް ހުށަހަޅަންޖެހޭ ތަން:

12 އޮކްޓޯބަރ 2023 ވާ  ބުރާސްފަތި ދުވަހުގެ 11:00

ގަޑި ޖެހުމަށް ފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

ބިޑް ހުށަހަޅާ އަދި ބިޑް ހުޅުވާ ތާރީޚު އަދި ގަޑި:

ބިޑް ހުށަހެޅުމަށް ފޯމު ގަނެފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާ ފަރާތްތައް ލިޔުމަކުން ކައުންސިލްއަށް28ސެޕްޓެމްބަރ2023 ވާ   އަށް     [email protected] ބުރާސްފަތި ދުވަހުގެ11:00 ގެ ކުރިން  އީމެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

ބީލަންތައް ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ބިޑްގެ 1 އޮރިޖިނަލް އޮންނަ ގޮތަށެވެ. އެ ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ ފުރިހަމަ އެޑްރެސް އޮންނަންވާނެއެވެ. އަދި އަންނަނިވި ޢިބާރާތް ސިޓީއުރައިގައި ކައުންސިލްގެ އިދާރާގެ އެޑްރެސް ޖަހާ ފުށުގެ އެންމެމަތީގައި، މެދަށްވާގޮތަށް، ފުރިހަމައަށް ލިޔެފައި އޮންނަންވާނެއެވެ. "  ތެލުގެ ވިޔަފާރިކުރުމަށް ސެޑެއްހެދުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ބިޑް، 12  އޮކްޓޯބަރ  2023". ސިޓީއުރައިގެ ބޭރުގައި، ބިޑް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. އަދި ސިޓީއުރައިގެ ކަނާތްފަރާތު މަތީކަނުގައި ބިޑްގެ ސީރިއަލް ނަންބަރު ލިޔެފައި އޮންނަންވާނެއެވެ.

     ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

17 ސެޕްޓެންބަރު 2023
ހޯދާ