ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޞަޙަރާ އާއި ޞަޙަރާގެ ވަށައިގެން ބޭނުންކުރާ މަގުތަކުގައި ހެދޭ ގަހާއި ވިނަ ކޮށައި ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދުން

03 އޮކްޓޯބަރ 2023 އިން 02 އޮކްޓޯބަރ 2024 އަށް ( އެކެއް އަހަރު ދުވަހުގެ މުއްދަތަށް ) ގދ.ނަޑެއްލާ ޞަހަރާ އާއި ޞަހަރާގެ ވަށައިގެން ބޭނުންކުރާ މަގުތަކުގައި ހެދޭ ގަހާއި ވިނަ ކޮށައި ނޮޅައި ކުނިކަހައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މި މަސައްކަތާބެހޭ އެންމެހާ ލިޔެކިޔުންތައް މި ލިންކުންhttps://tinyurl.com/saharawrk2023  ނުވަތަ މި އިޢުލާނުގައިވާ ކިޔު.އާރު ކޯޑު ސްކޭންކޮށްގެން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

އަދި މި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މަޢުލޫމާތުތައް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. މި ބީލަމާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތުގެ ހާރޑުކޮޕީ މި އިދާރާގެ ކައުންޓަރުންވެސް ލިބެންހުންނާނެއެވެ. މި އިޢުލާނާއި ގުޅިގެން ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅުމަށް ތިރީގައިއެވާ ގޫގަލް ފޯރމްއިން ރެޖިސްޓްރީކުރެވޭނެއެވެ.  

ގޫގަލް ފޯރމް ލިންކް: https://forms.gle/ZX98NbR4DANEBPMo9

 

ބީލަން ހުށަހެޅުން އޮންނާނީ 25 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 13:00 ގައި ނަޑެއްލާ ކައުންސިލްގެ އިދާރާގައެވެ. ބީލަން ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން މި އިދާރާއަށް އަންގަވަންވާނެއެވެ. ބީލަން ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމުގެ ނަން، އިޢުލާނު ނަމްބަރު އަދި މި ކައުންސިލްގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 6840007 އަށް ގުޅުއްވުން އެދެމެވެ.

14 ސެޕްޓެންބަރު 2023
ހޯދާ