މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

ސާކް ޑިވެލޮޕްމަންޓް ފަންޑުގެ އެހީގައި މިމިނިސްޓްރީއިން ށ.މިލަންދޫ އާއި ށ.ގޮއިދޫގައި ހިންގަމުން ގެންދާ ވެލިޔު އެޑިޝަން ޕްރޮޖެކްޓުގެ ދަށުން ދެ ރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޕްރޮސެސިންގ ފެކްޓްރީގެ ތިރީގައި މިވާ މަސައްކަތްތައްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

  • މި މިނިސްޓްރީ އިން ދޭ ޑްރާފްޓް ފްލޯޕްލޭނާއި މައުލޫމާތު ކަރުދާހާއި އެއްގޮތައް ޕްރޮސެސިންގ ފެކްޓްރީގެ އިމާރާތުގެ އާރކިޓެކްޗަރަލް، ސްޓްރަކްޗަރަލް ކުރެހުންތައް ތައްޔާރުކުރުން.
  • ޔޫޓިލިޓީ އާއިގުޅޭ ސާރވިސް ކުރެހުންތައް ތައްޔާރު ކުރުން
  • އިމާރާތްތަކުގެ ކުރެހުންތަކާއި، އަދި ޔޫޓިލިޓީ އާއިގުޅޭ ސާރވިސް ކުރެހުންތަކުގެ މައްޗަށް ބިނާކޮށް އިމާރާތުގެ އެސްޓިމޭޓެޑް ޕްރައިޒްޑް ބީ.އޯ.ކިއު ތައްޔާރުކުރުން.
  • މަސައްކަތްތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުން

މިކުރެހުންތަކާއި ސްޕެސިފިކޭޝަންތަކަކީ ސަރުކާރުގެ އިމާރާތް ކުރުމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ ފެންވަރުގެ ލިޔެކިޔުންތަކަކަށް ވާންޖެހޭނެއެވެ. އަދި ލައިސަންސް ލިބިފައިވާ ސްޓްރަކްޗަރަލް އިންޖިނިއަރަކާއި އާރކިޓެކްޗަރެއް ކުރެހުންތައް ޗެކުކޮށް، އެފަރާތުގެ ތައްގަނޑު ކުރެހުންތަކުގައި ޖަހަންވާނެއެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 25 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282އަދި 3339236 ނަންބަރު ފޯނަށެވެ.

14 ސެޕްޓެންބަރު 2023
ހޯދާ