ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ހުޅުދެލި ރަމްޒުކޮށްދޭބިނާ" ތައްޔާރުކުރުމާއި ބެހޭ

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ދ.ހުޅުދެލި ރަމްޒު ކުރުމަށްޓަކައި ތައްޔާރުކުރެވޭ ބިނާގެ މަސައްކަތް ކޮއްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 24 ސެޕްޓެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތަށް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއި އެކު ހިމަނަންވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރ: 18/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމުގައި ކޮންމެ މީހަކަށްވެސް ތަމްސީލް ކުރެވޭނީ އެއް ވިޔަފާރީގެ ނަމުގައެވެ. މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ،މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

14 ސެޕްޓެންބަރު 2023
ހޯދާ