އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް
ދިވެހިރާއްޖެ
އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސްއިން ބޭނުންކޮށްފައިހުރި ބައެއް ތަކެތި ނީލަންކިޔުން

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ބޭނުންކޮށްފައިހުރި ބައެއް ތަކެތި ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 17 ސެޕްޓެންބަރު 2023 ވަނަ ދުވަހުން ފެށިގެން 03 އޮކްޓޫބަރު 2023 ވަނަ ދުވަހާ ދެމެދުގެ 11:00 އިން 14:00 އަށް ސީއޭ މޯލްޑިވްސްގެ އޮފީހަށް (ގ. ބިއްލޫރިޖެހިގެ، 1 ވަނަ ފްލޯރ، މަޖީދީމަގު، މާލެ) ހާޒިރުވެ ތަކެތި ބެއްލެވުމުގެ ފުރުސަތުވަނީ ހުޅުވާލެވިފައެވެ.

ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: ނީލަން ހުށަހަޅުއްވާނީ 04 އޮކްޓޫބަރު 2023 އާދިއްތަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން [email protected] އަށް މެއިލްގެ ޒަރިއްޔާއިންނެވެ.

ނީލަން އެވޯޑުކުރެވޭނީ އެންމެ މަތިން އަގު ހުށަހަޅުއްވާ ފަރާތަށެވެ. ނީލަން އެވޯޑު ކުރެވޭތާ 05 ދުވަހުގެ ތެރޭގައި ސީއޭ މޯލްޑިވްސްއަށް ފައިސާ ދައްކާ ޚަލާސް ކުރައްވަން ވާނެއެވެ. ތަކެތި ގެންދެވޭނީ ފައިސާ ދައްކާ ޚަލާސްކުރުމަށް ފަހުއެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9996605 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

14 ސެޕްޓެންބަރު 2023
ހޯދާ