މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ނަންބަރު:(IUL)323/323/2023/27 (31 އޮގަސްޓް 2023) އިޢުލާނު ބާޠިލް ކުރުން

މި ރަށުން (ބ. ފުޅަދޫން) ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ކޮށްފައިވާ، މި އިދާރާގެ ނަންބަރު: (IUL)323/323/2023/27 (31 އޮގަސްޓް 2023) އިޢުލާނާއެކު ޢާންމުކޮށްފައިވާ "ބ. ފުޅަދޫން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލް – 2023" އާ މެދު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރުމާއެކު، އެ އުޞޫލު އިތުރަށް ދިރާސާކޮށް އިޞްލާޙު ކުރުމަށްޓަކައި، ޙަވާލާދެވިފައިވާ އިޢުލާނު ބާޠިލް ކުރުމަށް، މިއަދު (2023 ސެޕްޓެންބަރު 14)  ބޭއްވުނު ކައުންސިލްގެ 04 ވަނަ ދައުރުގެ 61 ވަނަ ޢާޢްމު ބައްދަލުވުމުންވަނީ ނިންމަވާފައެވެ. ވީމާ، ކައުންސިލުން ނިންމާފައިވާގޮތަށް، އެ އިޢުލާނު ބާޠިލު ކުރެވިފައިވާ ވާހަކަ ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

14 ސެޕްޓެންބަރު 2023
ހޯދާ