މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ބޯޅަދަނޑު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިމުގެ ގޮތުން ބޯޅަދަނޑުގެ މަސައްކަތަށް އުނދަގޫވާ ގޮތަށް ހުރި ރުއްގަސް ނީލަންކިއުމާ ބެހޭ

ރަށުގެ ބޯޅަދަނޑު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިމުގެ ގޮތުން ބޯޅަދަނޑުގެ މަސައްކަތަށް އުނދަގޫވާ ގޮތަށް ހުރި ރުއްގަސް ނީލަންކިއުން 2023 ސެޕްޓެމްބަރ 16 ވާ ހޮނިހިރު ދުވަހުގެ މެންދުރުކުރި 09:00 ގައި  ބޯޅަދަނޑު ސަރަހައްދުގައި އޮންނާނެއެވެ.

              ނީލަން ފެށޭ އެންމެ ކުޑައަގަކީ ވަށަމިނުގައި އަށްވުރެ ބޮޑެތި ފުނަގަސް 50.00ރ އެވެ. އަދި މިނޫންބާވަތުގެ ރުއްގަސް ފެށޭއަގަކީ 5.00ރ އެވެ. އަދި، ނީލަމައް އިތުރުކުރެވޭ އެންމެ ކުޑަ އަދަދަކީ ފަހަރަކު 5.00ރ އެވެ.

              ނީލަމުން  ތަކެތި  ނަންގަވާ ފަރާތްތަކުން މި އިދާރާއަށް ފައިސާ ދެއްކެވުމަށްފަހު 2023 އޮކްޓޫބަރ 01 ވާ އާދީއްތަ ދުވަހުގެ 18:00 ގެކުރިން ތަކެތި ގެންދަވަންވާނެއެވެ. ނީލަމުން ނަގާ ރުއްގަސް ކަނޑަންވާނީ މި އިދާރާއަށް ފައިސާ ދެއްކެވުމަށްފަހުގައެވެ. އަދި، ރުއްގަސް ނަގަންވާނީ ބިމުންފެށިގެން 1 ފޫޓަށްވުރެ އުސްނުވާ ހިސާބަކުންނެވެ.  އަދި ރުއްގަސް ކެނޑުމުން އުފެދޭކުނި ކައުންސިލުން އަންގާތާކަށް ގެންދަންވާނެއެވެ.

              ނީލަން ކިޔާ ދުވަހުންފެށިގެން، ނީލަމުގެ ފައިސާ ދެއްކެވުމަށްފަހު 2023 އޮކްޓޫބަރ 01 ވަނަ ދުވަހުގެ 18:00 ގެކުރިން ތަކެތި ނުނަގާހުރިނަމަ ނުވަތަ މި މުއްދަތުގައި ނީލަމުގެ ފައިސާ ނުދައްކާނަމަ  އެތަކެތި  ކައުންސިލަށް  ނެގޭނެއެވެ.  މިގޮތަށް  ކައުންސިލަށްނެގޭ ތަކެއްޗަށް  ދައްކާފައިވާ ނީލަމުގެފައިސާ،  އަނބުރާ ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ސެޕްޓެންބަރު 2023
ހޯދާ