މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާނު

 

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-351464

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ/މާލެ

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  • ސްޕެޝަލް ޑިއުޓީ އެލަވަންސް:  މުސާރައިގެ %35 (މަހަކު)
  • ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900.00 ރުފިޔާ
  • ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޑިޕާރޓްމަންޓް، ސެކްޝަން، ޔުނިޓް އަދި ޕްރޮޖެކްޓް ތަކުން ބޭނުންވެގެން އެދޭ ތަކެތި މާލިއްޔަތު ޤަވައިދާ އެއްގޮތަށް އެންމެ ލަސްވެގެން 2 ދުވަސް ތެރޭ ދޫކޮށް ސްޓޮކް ލިސްޓުން އުނިކޮށް ސްޓޮކް ބާކީ ބެލެހެއްޓުން.
  2. ސްޓޮކުން މަދުވާތަކެތި މާލިއްޔަތު ޤަވައިދުގައިވާ ގޮތުގެމަތިން ޕްރޮކިއުމަންޓަށް އެދިގެން އެތަކެތި ހުސްވުމުގެކުރިން ހޯދުން
  3. އޮފީހުގެ ހަރު މުދަލުގެ އިންވެންޓްރީ އަޕްޑޭޓްކޮށް ރިވިއުކުރުމަށް ޔުނިޓުން ކުރާ މަސައްކަތުގައި އެހީތެރިވެދިނުމާއި، މިނިސްޓްރީގެ ޑިޕާރޓްމަންޓް އަދި ޕްރޮޖެކްޓްތަކުގެ އެސެޓްތަކުގެ މަޢުލޫމާތު ހޯދާ، މިނިސްޓްރީގެ އިންވެންޓްރީ އަދާހަމަކޮށް އަދި ނީލަން ޕޯޓަލް މެދުވެރިކޮށް އިންވެންޓްރީ ބެލެހެއްޓުމާއި ނީލަންކިޔަންޖެހޭ ތަކެތި ނީލަން ކިޔުމުގައި އެހީތެރިވުން.
  4. މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ އޮފީސްތަކުގެ މެއިންޓަނަންސް މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ކުރެހުންތައް ތައްޔާރު ކުރުމާއި، ހަދަންޖެހޭ ބިއޯ ކިއޫ ހެދުމާއި މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ އިއުލާނުތައް ތައްޔާރުމާއި، އިއުލާނު ތަކާއި ގުޅިގެން ދޭންޖެހޭ މައުލޫމާތު ދިނުމާއި، އެކިފަރާތްތަކާއި ހަވާލުކުރެވޭ މަސައްކަތްތަކުގެ އެގްރިމެންޓުތައް ތައްޔާރުކޮށް ކުރެވެމުންދާ މަސައްކަތްތައް ބަލާ ސްޕަވައިޒް ކުރުމާއި މޮނިޓަރކުރުން.
  5. އޮފީހުގެ ލިޔެކިއުމަށް އަދި ފޮޅާ ސާފުކުރުމަށް ބޭނުންވާ ތަކެތީގެ ލިސްޓް ތައްޔާރުކޮށް ގަނެވޭ ތަކެތި ސްޓޮކަށް އެންޓަރކޮށް އެތަކެތީގެ ހިސާބު މާލިއްޔަތު ޤަވައިދާ އެއްގޮތަށް ބެލެހެއްޓުން
  6. ސްޓޮކް ކޮންމެ 3 މަހުން އެއް މަހު ގުނައި ލިސްޓް އަޕްޑޭޓްކޮށް ސޮއި ކުރުން
  7. ޔުނިޓްގެ ވެރިޔާއާއި ހިއުމަންރިސޯސް ސެކްޝަނުގެ ލަފާގެ މަތިން އައި.ޓީ.ސެކްޝަނާއި ގުޅިގެން މިނިސްޓްރީއަށް އަލަށް ވަޒީފާ ހަމަޖެއްސޭ މުވައްޒަފުންނަން އޮފީސްޖާގަ ތައްޔާރު ކުރުމާއި، މުވައްޒަފު މަސައްކަތް ކުރުމަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ހަމަޖައްސައި ދިނުމާއި ހިނގަމުންދާ ސެކްޝަނަކަށް ބަދަލެއް ގެންނަންޖެހިއްޖެ ހާލަތެއްގައި އެބަދަލެއް ގެނައުމުގައި އެހީތެރިވުން
  8. މިނިސްޓްރީން ހޯދާފައިވާ މުދަލާއި ޚިދުމަތް އެސް.އޭ.ޕީ ސިސްޓަމް މެދުވެރިކޮށް ބަލައިގަތުމުގެ އެންމެހާ މަސައްކަތްތައް ކުރުން
  9. ކޮންމެ އަހަރެއްގެ ބަޖެޓް ލިބުމުން ބަޖެޓުގައި ހިމަނާފައިވާ ކަންކަން ކުރުމަށް ބޭނުންވާ ޕްރޮކިއުމަންޓް ޕްލޭން، ޔުނިޓްގެ އިސްވެރިޔާގެ ލަފާގެމަތިން ތައްޔާރުކޮށް އެޕްލޭން ޕްރޮކިއުމަންޓަށް ފޮނުވައި ޕްލޭނާއި އެއްގޮތަށް އެންމެހާ މަސައްކަތްތައް ކުރުމަށް އެހީތެރިވުން.
  10. ޔުނިޓުން ކުރެވޭ މަސައްކަތްތަކުގެ އަޕްޑޭޓް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި އަހަރީ ރިޕޯރޓަށް ބޭނުންވާ މައުލޫމާތު އެކަމަށް ހަމަޖެހިފައި އޮންނަ މުއްދަތުގައި އެޑްމިން ސެކްޝަނަން ފޮނުވުން.
  11. ޔުނިޓަށް އަންނަ ލިޔުންތަކާއި ޔުނިޓުން ފޮނުވާ ލިޔުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން
  12. އޮފީހުގެ ބޭނުމަށް ގުދަނެއް ހިފަންޖެހިއްޖެނަމަ، ޔުނިޓުގެ އިސްވެރިޔާގެ ލަފާގެމަތިން ގުދަންފަދަ ތަންތަން ހޯދުމުގެ އެންމެހާ މަސައްކަތް ކުރުމާއި އަދި ގުދަނެއް ހިފައިފިނަމަ އެތަނެއް ޤަވައިދުން ބެލެހެއްޓުން
  13. މާލެ އާއި އަތޮޅުތެރޭގައި މިނިސްޓްރީގެ ފަރާތުން ބާއްވާ ސެމިނާރ ވޯކްޝޮޕް ތަކާއި ގުޅިގެން ލޮޖިސްޓިކް ސެކްޝަނުން ކުރަންޖެހޭ މަސައްކަތުގައި ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން
  14. މިނިސްޓްރީގެ އެކި ޑިޕާރޓްމަންޓް، ޕްރޮޖެކްޓް ތަކުން ގެންނަ މުދައު ކަސްޓަމްސްއިން ކްލިއަރ ކުރުމަށް ޔުނިޓުން ކުރަންޖެހޭ މަސައްކަތުގައި ދޭންޖެހޭ އެހީތެރިކަން ދިނުން.
  15. ޔުނިޓުގެ މުވައްޒަފު ސަލާމުގައި ނުވަތަ ޗުއްޓީގައި ހުންނަ މުއްދަތުގައި އެމުވައްޒަފަކު ކުރާ މަސައްކަތްތަކުގެ ތެރެއިން ވަކިގަޑިއަކަށް ނިންމަން ޙަވާލުކުރާ މަސައްކަތްތައް ކުރުން
  16. މީގެ އިތުރުން މިނިސްޓްރީގެ ނުވަތަ ސެކްޝަންގެ މަސައްކަތުގެ ދާއިރާއިން ސެކްޝަންގެ ވެރިމީހާ އަންގަވާ ކަންކަމުގައި ފުރިހަމައަށް އެއްބާރުލުންދީ، މިނިސްޓްރީގެ ލަނޑުދަނޑިތައް ޙާސިލް ކުރުމަށް މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ ލެވެލް 6 ގެ / އެޑްވާންސްޑް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީއެއް ޙާޞިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާރސް ޑިގްރީއެއް ނުވަތަ ބެޗްލާރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

  • އެޑްމިނިސްޓްރޭޝަން  
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • މެނޭޖްމަންޓް  
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕްރިފަރޑް ޑިސިޕްލިން(ތައް):

  • ބިޒްނަސް އެޑްމިނިސްޓްރޭޝަން   
  • ބިޒްނަސް މެނޭޖްމަންޓް   
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން
  •  

ކޯ ޑިސިޕްލިން(ތައް)

  • ނެތް 

ގުޅޭވަޒީފާގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2023 ސެޕްޓެމްބަރ 26 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް،ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 03 އޮކްޓޯބަރ 2023 އާއި 23 އޮކްޓޯބަރ 2023 އާ ދެމެދު، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018326،3018328 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

13 ސެޕްޓެންބަރު 2023
ހޯދާ