ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބައެއް ޢިމާރާތްތައް ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

c

ނިލަންދެއަތޮޅު ދެކުނުބުރީ ރިނބުދޫ ކައުންސިލްގެ އިދާރާ.

ރިނބުދޫ. ދ.   

ދިވެހިރާއްޖެ.   

ނަމްބަރ: (IUL)377/377/2023/10

އިޢުލާން

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

ދ.ރިނބުދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ބައެއް އިމާރާތްތައް ކުނިކަހައި ފޮޅާ ސާފުކޮށްދޭނެ ފަރާތެއް ހޯދުން.

                 

ދ.ރިނބުދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތިރީގައިވާ އިމާރާތްތައް ކޮންޓްރެކްޓް އުސޫލުން 2 އަހަރު ދުވަހަށް ކުނިކަހާ ފޮޅާސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

1-      ދ. ރިނބުދޫ ކުރީގެ ހުކުރު މިސްކިތް

2-      ދ.ރިނބުދޫ އެދުރުގެ

3-      ދ.ރިނބުދޫ ޔޫތުސެންޓަރ

4-      ދ.ރިނބުދޫ ބީޗްހައުސް

 

ރަޖިސްޓްރީ ކުރުން:

          އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ދ.ރިނބުދޫ ކައުންސިލުގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށްދާނީ 12 ސެޕްޓެމްބަރ 2023 އިން 19 ސެޕްޓެމްބަރ 2023 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 14:00 އަށެވެ.  އަދި ދ.ރިނބުދޫ ކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

މައުލޫމަތު ދިނުމުގެ ބައްދަލުވުން:

            މި މަސައްކަތުގެ މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ 18 ސެޕްޓެމްބަރ 2023 ވާ ހޯމަ  ދުވަހުގެ 13:00 ގައި، ދ.ރިނބުދޫ ކައުންސިލް އިދާރާގައެވެ.

 

 

އަންދާސީ ހިސާބު ބަލައިގަތުން :

            މިމަސައްކަތުގެ އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 21 ސެޕްޓެމްބަރ  2023  ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ދ.ރިނބުދޫ ކައުންސިލް އިދާރާގައި އަންދާސީ ހިސާބު  ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީއުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި '' ދ.ރިނބުދޫ ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތައް ސާފުކުރުން'' މިހެން ލިޔުމަށް ފަހުގައެވެ. އަދި ބަދަލުގައި މީހަކު ޙާޟިރުވާނަމަ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއަކާއި ވެރިފަރާތުގެ އައި.ޑީ.ކާޑްގެ ފޮޓޯކޮޕީއަކާއި ބަދަލުގައި ޙާޟިރުވާ ފަރާތުގެ އައި.ޑީ ކާޑްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 

 

އިތުރު މަޢުލޫމާތު ސާފުކުރުން:

            މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 20 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ  14:00 ގެ ކުރިން 6760047 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

 

                  މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

27   ޞަފަރު     1445

12   ސެޕްޓެމްބަރ  2023

 

 

12 ސެޕްޓެންބަރު 2023
ހޯދާ