މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ސެޓިފައިޑް އިންޖިނިއަރުން ހޯދުމަށް

ރާއްޖޭގެ ކަންކޮޅުތަކުގައި އެމް.ޓީ.ސީ.ސީ ތަމްސީލު ކުރާ އިންޖިނިއަރުންތަކެއް ކަނޑައެޅި، އިންޖިނިއަރުން މެދުވަރިކޮށް ކަސްޓަމަރުންނަށް ދެމުން ގެންދާ ޚިދުމަތްތައް ފުޅާކޮށް، ކުންފުނިން ވިއްކަމުން ގެންދާ އާލާތްތައް އިތުރަށް ވިއްކުމަށް ބާރުއެޅުމަށްޓަކައި ސެޓިފައިޑް އިންޖިނިއަރުން ހޯދުމަށް ބޭނުންވެއެވެ. މިއިންޖިނިއަރުންނަކީ ކުންފުނީގެ މުވައްޒަފުން ނޫންކަމާއި މިފަރާތަތައް ވާނީ ކަނޑައެޅޭ އަތޮޅު ތަކުގައި ކުންފުނި ތަމްސީލު ކުރާ ފަރާތްތަކެއްގެ ގޮތުގައެވެ.

ސެޓިފައިޑް އިންޖިނިއަރުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ އަތޮޅު:

އަތޮޅު

އަތޮޅު

އަތޮޅު

ތ

ޅ

ހއ

ލ

އއ

ހދ

ގއ

އދ

ށ

ގދ

ފ

ނ

ޏ

ދ

ރ

ސ

މ

ބ

 

 

 

 

 

ސެޓިފައިޑް އިންޖިނިއަރުން ހޮވުމުގައި ބަލޭނެ ކަންތައް:

  • އިންޖިނިއަރުންގެ އުމުރަކީ 18 (އަށާރަ) އަހަރާއި 65 (ފަސްދޮޅަސް ފަސް) އަހަރާ ދެމެދުގެ އުމުރު
  • އެންމެ މަދުވެގެން އިންޖިނިއަރުންގެ ކިބައިގައި 3 (ތިން) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ހުރުން.
  • އިންޖިނިއަރެއްގެ ގޮތުގައި ފުލްޓައިމްކޮށް އުޅޭފަރާތަކަށްވުން
  • ވޯކްޝޮޕެއް ނުވަތަ އެފަދަ ވަސީލަތްތަކެއް ހުރި ފަރާތްތަކަށް އިސްކަންދެވޭނެ
  • އިންބޯރޑް އަދި އައުޓްބޯރޑް މިދެބާވަތުގެ އިންޖީނު މަރާމާތު ކުރަން ދަންނަ ފަރާތްތަކަށް އިސްކަން ދެވޭނެ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ ސޭލްސް އެންޑް މާކެޓިންގ ޑިޕާރޓްމަންޓުން ދޫކުރާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު 08 މާރިޗު 2015 ވާ އާދިއްތަ ދުވަހުގެ 14:00 ކުރިން މިއިދާރާ އަށް ހުށަހެޅުއްވުން ނުވަތަ 3314050 މިނަންބަރަށް ފެކްސް ކުރެއްވުން ނުވަތަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ. ސެޓިފައިޑް އިންޖިނިއަރުންކަމަށް އެދި ހުށަހަޅާ ފޯމު އެމް.ޓީ.ސީ.ސީގެ ވެބްސައިޓް (www.mtcc.com.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެވެ. އަދި މިފޯމު ކަށަވަރު ޝޯރޫމް އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7908484 އަދި 7774108 ގުޅުއްވުން އެދެމެވެ.

                                    05 ޖުމާދަލްއޫލާ 1436

24 ފެބުރުވަރީ 2015
ހޯދާ