މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
"ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ޑްރަގްސް އެންޑް ކްރައިމް ޔޫތު ފޯރަމް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                                    އިޢުލާން

"ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ޑްރަގްސް އެންޑް ކްރައިމް ޔޫތު ފޯރަމް 2024" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                 ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން އިންތިޒާމް ކޮށްގެން 2024 ވަނަ އަހަރުގެ މާރިޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫތު ފޯރަމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މި ފޯރަމަކީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް އަޑުއުފުލައި، ޒުވާނުން ބާރުވެރިކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވަމުން އަންނަ އުމުރުން 14 އަހަރާއި 23 އަހަރާ ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވަމުންގެންދާ ފޯރަމެކެވެ.

މި ފޯރަމަށް ނަން ހުށަހަޅާ ޒުވާނުންގެ ތެރެއިން 2 ޒުވާނުން ހޮވުމަށް ހަމަޖެހިފައިވަނީ އިންޓަވިއު އުޞޫލުންނެވެ. އަދި ފޯރަމަށް ހޮވިގެންދާ 2 ޒުވާނުންނަށް މާލީ އެހީ ލިބެންހުރި މިންވަރަކުން ޔޫ.އެން.އޯ.ޑީ.ސީ އިން ފޯރުކޮށްދެއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މި ފޯރަމްގައި ބައިވެރިވުމަށް ޝައުޤުވެރިކަން ހުރި 14 އަހަރާއި 23 އަހަރާ ދެމެދުގެ (24 އަހަރު ނުފުރޭ) ޒުވާނުން ތިރީގައިވާ ތަކެތި [email protected]  އަށް 22 އޮކްޓޯބަރ 2023 ވާ އާދިއްތަ ދުވަހުގެ 13:00 ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ނުވަތަ ޕާސްޕޯޓް ކޮޕީ
  2. ސީވީ (ޔޫއެންއޯޑީސީއިން އީ-މެއިލް އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް އޮންލައިންކޮށް މުޢާމަލާތު ކުރެވޭނެ ގޮތެއް ހިމެނޭގޮތަށް)
  3. މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވުމަށް ނުވަތަ ޞިއްޙަތު ކުރިއެރުވުމުގައި ޢިލްމާއި ޝައުޤުވެރިކަން/ތަޖުރިބާ ހުރި މިންވަރު އަންގައިދޭ ލިޔެކިޔުން.
  4. އިނގިރޭސި ބަހުގެ ހުނަރު ހުރި މިންވަރު ދެނެގަނެވޭނެ ލިޔެކިޔުން.

                އަދި މިފޯރަމާ ގުޅޭ އިތުރު ތަފްޞީލް ހިމެނޭ ލިޔުންތައް މި އިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ.

                ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

12 ސެޕްޓެންބަރު 2023
ހޯދާ