މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ރޭންޖަރ (ކޮންޓްރެކްޓް)

އިޢުލާނު

 

މަޤާމު:

ރޭންޖަރ

ބޭނުންވާ އަދަދު:

02 (ދޭއް)

މަޤާމުގެ ގިންތި:

2 އަހަރު (ކޮންޓްރެކްޓް)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސައުތު އަރި މެރިން ޕާރކް ޔުނިޓް (އދ. މާމިގިލި/ އދ. ދިގުރަށް /އދ. ފެންފުށި) މި 3 ރަށުން މިނިސްޓްރީ ކަނޑައަޅާ ރަށެށްގައި

މުސާރަ:

5610/- ރުފިޔާ

ސަރވިސް އެލަވަންސް:

2000/- ރުފިޔާ

އެހެނިހެން އެލަވަންސް:

  • ހާޑްޝިޕް އެލަވަންސް 600/- ރުފިޔާ
  • ރިސްކް އެލަވަންސް 3000/- ރުފިޔާ
  • މުވައްޒަފުންގެ ކޮއްތުގެގޮތުގައި ފައިސާއިން ދޭ އެލަވަންސް 1800/- ރުފިޔާ
  • ފޯނު އެލަވަންސް 200/- ރުފިޔާ
  • މުވައްޒަފުންގެ މަޤާމުގެގޮތުން ދޭ ޚާއްޞަ އެލަވަންސް 1000/- ރުފިޔާ
  • ޝިފްޓް ޑިއުޓީ އެލަވަންސް 1050/- ރުފިޔާ
  • ބަންދު ދުވަސްތަކުގައި މަސަތްކުރާތީ މުސާރައިގެ އިތުރުން ދޭ އެލަވަންސް  740/- ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސައުތުއަރި މެރިން ޕާރކަށް ޒިޔާރަތްކުރާ ފަރާތައް، ސައުތުއަރި މެރިން ޕާރކުގައި ފެހުރިހި ބެލުމަށް ހެދިފައިވާ ކޯޑް އޮފް ކޮންޑަކްޓްސް، އެންކައުންޓަރ ގައިޑްލައިން އަދި މެނޭޖްމަންޓް ޕްލޭންއަށް އަމަލުކުރޭތޯ ދުވަހުން ދުވަހަށް ބަލައި މޮނިޓަރކޮށް ރެކޯޑްސް ބެލެހެއްޓުން.
  2. ސައުތުއަރި މެރިން ޕާރކުތެރޭގައި ގަވާއިދާ ހިލާފަށް ކުރާ ކަންތައްތައް ހުއްޓުވުމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އަދި ވެރިންގެ ލަފާގެ މަތިން މަސައްކަތްތައް ކުރުން
  3. ސައުތުއަރި މެރިން ޕާރކް ސަރަހައްދުގައި  އެކިކަންކަމު  ޙަރަކާތްތެރިވާ  އުޅަނދުފަހަރުގެ އަދަދު އަދި  މިސަރަހައްދަށް ފެހުރިހި ބެލުމަށް އަދި އެހެނިހެން ކަންކަމުގައި ޒިޔާރަތްކުރާ ފަރާތްތަކުގެ ޢަދަދު ދުވަހުން ދުވަހަށް ބަލައި މޮނިޓަރކޮށް ރެކޯޑްސް ބެލެހެއްޓުން.
  4. ސައުތުއަރި މެރިން ޕާރކުތެރޭގައި ގަވާއިދާ ހިލާފަށް ކުރާ ކަންތައްތައް ބަލައި އެކަންތައްތަކުގެ ރިޕޯޓު ވެރިންނަށް ހުށަހެޅުން (ގަވާއިދާ ޚިލާފަށް ސައުތުއަރި މެރިން ޕާރކަށް ވަނުމާއި މިސަރަޙައްދަށް ވަނުމަށް ރެޖިސްޓަރ ނުކުރާ އުޅަނދުފަހަރު މިސަރަޙައްދުގައި ޙަރަކާތްތެރިވުން)
  5. ސައުތުއަރި މެރިން ޕާކްގެ ގަވާއިދުތަކާއި ޢަމަލުކުރަންޖެހޭ އުސޫލުތައް ޒިޔާރަތްކުރާ ފަރާތްތަކާއި އާންމުންނަށް ކިޔައިދިނުން.
  6. ސައުތުއަރި މެރިން ޕާކުގައި ހިނގާ ގުދުރަތީ އަދި އެނޫން ކާރިސާތަކަށް ވަގުތުން އެޓެންޑްކުރުން. 
  7. ސައުތުއަރި މެރިން ޕާރކުގެ މޮނިޓަރިންގ އަދި އިވަލުއޭޝަންގެ މަސައްކަތްތައް ވެރިންގެ ލަފާގެ މަތިން ރާވާ އިންތިޒާމުކޮށް މިސަރަހައްދުގައި ހިންގަންޖެހޭ މަސައްކަތްތަކާއި ހަރަކާތްތައް ހިންގުމުގައި ވެރިންގެ ލަފާގެ މަތިން ބައިވެރިވުން.
  8. ސައުތުއަރި މެރިން ޕާކުގެ ގަވާއިދުތަކާއި ޢަމަލުކުރަންޖެހޭ އުސޫލުތައް ކިޔައިދިނުމަށް މިސަރަހައްދުގައި އެކިކަންކަމު  ޙަރަކާތްތެރިވާ ބޭފުޅުންނަށް އެވެއާރނެސް ސެޝަންސް ނަގައިދިނުން އަދި ސްޓޭކްހޯލްޑާރ މީޓިންގްސް މަދުވެގެން މަހަކު އެއްފަހަރު ހިންގުން.
  9. ސައުތުއަރި މެރިން ޕާރކުގައި ކުރާ ރިސާރޗްތައް ކުރުމުގައި އެހީތެރިވެދިނުން.
  10. ސައުތުއަރި މެރިން ޕާރކާ ގުޅޭ ލީފްލެޓްތަކާއި، ބްރޮޝަރ ތަކާއި އެހެނިހެން ޕްރޮމޯޝަނަލް މެޓީރިއަލް ތައްޔާރުކުރުން.

 

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  • ޑައިވް ކުރުމުގެ ސަނަދު ( ޕެޑީ ނުވަތަ އެސް. އެސް. އައި) - އޯޕަން ވޯޓަރ ނުވަތަ އޯޕަން ވޯޓަރ ސެޓްފިކޭޝަން އަށް ވުރެން މަތީގެ ސެޓްފިކޭޝަން/ފްރީ ޑައިވިންގް ސެޓްފިކޭޝަން އޮތުން.
  • ސްނޯރކްލިންގ އަދި ފަތަން ދަންނަ ފަރާތަކަށްވުން.
  • ބަންދު ދުވަސްތަކުގައި އަދި އިތުރުގަޑީގައި މަސައްކަތްކުރެވޭނެ ފަރާތަކަށްވުން.
  • ގިނަ ވަގުތު ކަނޑުމަތީގައި އުޅެވޭނެ ފަރާތަކަށްވުން.
  • މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖަށް އަހުލުވެރި ވެފައިވާ ފަރާތެއްކަމުގައިވުން.
  • ސައުތުއަރި މެރިން ޕާރކަށް އަހުލުވެރި ވެފައިވާ އަދި މިސަރަހައްދާއި ބެހޭގޮތުން މަޢުލޫމާތު މުއްސަނދި ފަރާތަކަށްވުން.
  • ޓްރެއިނިންގ ސެޝަން ތަކަށް ސައުތުއަރި އަތޮޅުން ބޭރަށް ދަތުރުކުރެވޭނެ ފަރާތަކަށްވުން.

 

މީގެ އިތުރުން ވަޒީފާއަށް ހޮވުމުގައި އަންނަނިވި ކަންކަން ފުރިހަމަކޮށްފައިވާނަމަ އެފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

  • ސައުތުއަރި މެރިން ޕާރކް ސަރަހައްދަށް ނިސްބަތްވާ ރަށްތަކުގެ ތެރެއިން ރަށެއްގައި ދިރިއުޅެމުންދާ ފަރާތަކަށްވުން   (އދ. މާމިގލި/ އދ. ދިގުރަށް ./އދ. ފެންފުށި)
  • ބޭސިކް ފަސްޓް އެއިޑް، ސީ.ޕީ.އާރު ނުވަތަ ލައިފް ސްކިލް ޓްރެއިނިންގ ސެޓްފިކޭޝަން އޮތުން
  • ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް އޮތުން
  • ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ނުވަތަ،

 

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސެޓްފިކެޓް 3 ޙާޞިލްކޮށްފައިވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ނުވަތަ،

 

  • ގްރޭޑް 10 ނިންމާފައިވުން.

 

ނުވަތަ،

 

  • ލިޔަން ކިޔަންދަތުމާއި އެކު މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން 01 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މީގެ އިތުރުން ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން މިނިސްޓްރީ އިން ފޯރުކޮށްދޭ އަންނަނިވި ކަންކަން ފުރިހަމަ ކުރުމަށް އެއްބާރުލުން ދޭންވާނެއެވެ. އަދި ޕްރޮބޭޝަންގައި (3 މަސް ދުވަސް ތެރޭގައި) މި ކޯސް/ޓްރެއިނިންގ ތަކުން ފާސްވެ ލައިސަންސް/ސެޓްފިކޭޝަންހޯދަންވާނެއެވެ.

  • ބޭސިކް ފަސްޓް އެއިޑް، ސީ.ޕީ.އާރު ނުވަތަ ލައިފް ސްކިލް ޓްރެއިނިންގ
  • ނިޔަމި ކޯސް 2 ސެޓްފިކޭޝަން އަދި ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސް  

ގުޅޭވަޒީފާގެ ދާއިރާތައް:

 

  • ސްނޯރކްލިންގ
  • ޓުއަރިޒަމް
  •  ޑައިވިންގް
  •  ތިމާވެށި
  • މަސްވެރިކަން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ކަނޑުގައި ދުއްވާ އުޅަނދު ފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ.
  5. ޑައިވް ކުރުމުގެ ސަނަދު ( ޕެޑީ ނުވަތަ އެސް. އެސް. އައި) - އޯޕަން ވޯޓަރ ނުވަތަ އޯޕަން ވޯޓަރ ސެޓްފިކޭޝަން އަށް ވުރެން މަތީގެ ސެޓްފިކޭޝަންއެއްގެ ކޮޕީ.
  6. ބޭސިކް ފަސްޓް އެއިޑް، ސީ.ޕީ.އާރު ނުވަތަ ލައިފް ސްކިލް ޓްރެއިނިންގ ހަދާފައިވާކަން އަންގައިދޭ ސެޓްފިކޭޝަންގެ ކޮޕީ.
  7. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 19 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް 10 ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އޮންލައިން އިންޓަވިއު އޮންނާނީ، 20 ސެޕްޓެމްބަރ 2023 އާއި 15 އޮކްޓޯބަރ 2023 އާ ދެމެދު ގައެވެ. އަދި ޕްރެކްޓިކަލް އޮންނާނީ، 20 ސެޕްޓެމްބަރ 2023 އާއި 15 އޮކްޓޯބަރ 2023 އާ ދެމެދު، ވަޒީފާއަށް އެދި ހުށަހަޅާ ފަރާތް ދިރިއުޅުއްވާ ރަށެއްގެ ކައުންސިލް އޮފިސްގައެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3018326،3018328 އަށެވެ.

 

12 ސެޕްޓެންބަރު 2023
ހޯދާ