މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމާއި ގުޅޭ

 

      ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ދެވޭ ހުއްދަ މިނިސްޓްރީ އޮފް ޓޫރިޒަމްއިން ވެލިދޫ

ކައުންސިލަށް ދެއްވާފާވާތީ، ހޯމްސްޓޭގެ ގޮތުގައި ޓޫރިސްޓް ގެސްޓްހައުސް ރަޖިސްޓްރީ ކުރުމަށް އެދޭ

ފަރާތްތަކަށް އެފުރުސަތުހުޅުވާލެވިފައިވާ ވާ ވާހަކަ ދެންނެވީމެވެ.

      "ހޯމް ސްޓޭގެ ގޮތުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދޭ ފޯމް" އަދި  "ހޯމް ސްޓޭގެ ގޮތުގައި

ގެސްޓްހައުސް ހިންގުމުގެ ހުއްދައަށް އެދޭ ކުށުގެ ރެކޯޑް ބަލާ ފޯމް" މިނިސްޓްރީ އޮފް ޓުއަރިޒަމްގެ

ވެބްސައިޓް، ވެލިދޫ ކައުންސިލްގެ އިދާރާގެ ވެބްސައިޓް އަދި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ

ވާހަކަ ދެންނެވީމެވެ.

       ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

12 ސެޕްޓެންބަރު 2023
ހޯދާ