ޗިލްރަންސް އޮމްބަޑްސް ޕަރސަންގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު - އެޑްވޮކަސީ އޮފިސަރ

މިއޮފީހުގެ ނަންބަރު (IUL)483/1/2023/8 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ، މިއޮފީހުގެ އެޑްވޮކަސީ އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. ޙަވާލާ ދެވުނު އިޢުލާނާ ގުޅިގެން ކުރިން އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ވާހަކަ ވެސް ދަންނަވަމެވެ.

 

މަގާމު:

އެޑްވޮކަސީ އޮފިސަރ

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

ވަޒީފާގެ ބޭނުން:

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނާއި އދ ގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލު ކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްކުރުން.

 

މަޤާމުގެ ރޭންކް:

MS1

 

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

 

ޗިލްރަޑްންސް އޮމްބަޑްސްޕަރސަންގެ އޮފީސް

މުސާރަ:

-/9،483ރ

އެހެނިހެން އެލްވަންސްތައް:

ސާރވިސް އެލަވަންސް -/3،500ރ

ލިވިންގ އެލަވަންސް -/3،000ރ

ރޯދަމަހުގެ އިނާޔަތާއި އިތުރު ގަޑީގެ އެލަވަންސް

 

ވަޒީފާއަދާކުރަންޖެހޭ ސެކްޝަން:

 

އެޑްވޮކަސީ އެންޑް އެވެއަރނަސް

މަޤާމުގެ ޝަރުތު: 

 

- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،

 

- މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ނުވަތަ 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ދާއިރާތައް

- ސޯޝަލް ސައިންސް

- ސައިކޮލޮޖީ

- ސޯޝަލް ވާރކް

- ސޯޝިއޮލޮޖީ

- ހިއުމަން ރައިޓްސް

- ސޯޝަލް ޑިވެލޮޕްމަންޓް

- ޑިވެލޮޕްމަންޓް ސްޓަޑީސް

- އެޑިއުކޭޝަން

- ބިޒްނަސް މެނޭޖްމަންޓް

 

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

 

  1. މީހުންނާއި ރަނގަޅަށް، މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު މުޢާމަލާތުކުރުން.
  2. ސިއްރު ހިފެހެއްޓުން.
  3. ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރުމާއި ދަތުރުފަތުރު ކުރުން.
  4. އަމިއްލަ އިސްނެގުމުގެ ދަށުން ކުރާ މަސައްކަތުގެ ފެންވަރު މަތިކުރުން.
  5. މި އޮފީހާ ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވުން.
  6. ދާއިރާއާ ގުޅުންހުރި މަޢުލޫމާތު އަމިއްލަ އިސްނެގުމުގެ ދަށުން ހޯދައި ބަލައި މަޢުލޫމާތު މުއްސަނދިކުރުން.
  7. މައިކްރޯސޮފްޓް އޮފީސް ގެ ޕްރޮގްރާމްތައް ބޭނުންކުރަން އެނގުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އެޑްވޮކޭޓް ކޮށްގެން ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަންކަން ދެނެގަނެ، އެފަދަ ކަންކަން ހިމަނައިގެން އެޑްވޮކަސީ ޕްލޭން އަދި އެޑްވޮކަސީ ކެމްޕެއިންތައް ތައްޔާރުކުރުމުގައި ސުޕަވައިޒަރަށް އެހީތެރިވެ ދިނުން.
  2. ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކާއި އިދާރާތަކުގެ މުވައްޒަފުންނަށް، ކުޑަކުދިންގެ ޙައްޤުތަކާ ގުޅުންހުރި ޤާނޫނުތަކާއި، ބައިނަލް އަޤުވާމީ މުއާހަދާތަކަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް، ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކޮށް ރާވާ ހިންގުން.
  3. ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމުގެ ދާއިރާއިން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގަންޖެހޭ ޕްރޮގްރާމްތަކާއި އިވެންޓްތައް ސުޕަވައިޒަރުގެ އެހީއާއެކު ތައްޔާރުކޮށް ރާވާ ހިންގުން.
  4. ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކާއި އިދާރާތަކުގެ މުވައްޒަފުނާއި އަދި އާންމުން ހޭލުންތެރިކުރުމަށް ތައްޔާރުކުރަންޖެހޭ އެޑްވޮކަސީ މެޓީރިއަލް ތައްޔާރުކުރުމުގެ މަސައްކަތް، ސުޕަވައިޒަރގެ ލަފަޔާއެކު ކުރަމުން ގެންދިއުން.
  5. ކުޑަކުދިންގެ ޙައްޤުތައް ކުރިއެރުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ އިދާރާތަކާއި އިދާރާތަކުގެ މުވައްޒަފުންނާ އަދި އާންމު ފަރާތްތަކަށް ހިންގާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ޓްރޭނިން ޕްރޮގްރާމްތަކުގައި ސެޝަންތައް ނަގައިދިނުން.
  6. އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގަ އޮފީސް ތަމްސީލުކޮށް އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދިނުން.
  7. އޮފީހުގެ މީޑިއާ ޕޮލިސީގައިވާ ގޮތުގެ މަތިން ހާމަކުރަން ޖެހޭ މަޢުލޫމާތާއި ތަފާސް ހިސާބުތައް ގަވާއިދުން ހާމަކުރަމުގެ މަސައްކަތް، ސުޕަވައިޒަރގެ ލަފާގެ މަތިން ކުރުން.
  8. އޮފީހުގެ ފަރާތުން މީޑިއާތަކާ ގުޅިގެން ކުރެވިދާނެ މަސައްކަތްތައް ދެނެގަނެ އެ ކަންތައްތައް، ސުޕަވައިޒަރގެ ލަފާގެ މަތިން ކުރުން.
  9. އޮފީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އަދި އެކި އޮފީހުން ބާއްވާ އިވެންޓްތަކުގެ މަޢުލޫމާތު މީޑިއާގެ ފަރާތްތަކަށް ގަވާއިދުން ހިއްސާކޮށް، އޮފީހާ މީޑިއާ އާ އޮންނަ ގުޅުން ހަރުދަނާ ކުރުން.
  10. އޮފީހުގެ މަސައްކަތްތަކާއި އިވެންޓްތަކާއި ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ޚަބަރު، ނޫސް ބަޔާން ފަދަ ލިޔެކިޔުންތައް ތައްޔާރުކޮށް ޝާއިއު ކުރުމުގެ މަސައްކަތްތައް.
  11. އޮފީހުގެ އެހެން ޑިޕާޓްމަންޓްތަކުގެ މަސައްކަތްތަކުގައި ބައިވެރިވާންޖެހިއްޖެ ހާލަތްތަކުގައި ބައިވެރިވުން.
  12. ޑިޕާޓްމެންޓްގެ އެހެނިހެން މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިކަން ދިނުން.

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  1. ތަޢުލީމާ ތަމްރީން (%30)
  2. މަސައްކަތުގެ ތަޖުރިބާ (%20)
  3. އިންޓަވިއު/އިމްތިހާން (%50)

 

ނޯޓު: މިވަޒީފާއަށް ޤާބިލު ފަރާތެއް ކަމުގައި ބެލޭނީ މަތީގައި ބަޔާންކޮށްފައިވާ ކްރައިޓީރިއާގައި ހިމެނޭ ބައިތަކުން ކޮންމެ ބަޔަކަށްވެސް ކަނޑައެޅިފައިވާ މާކްސްގެ 40% އަށްވުރެ މަތިން ލިބޭނަމައެވެ. އަދި ހަމަ އެއާއެކު ކްރައިޓީރިއާގައި ހިމެނޭބައިތަކުން ހުރިހާ ބައެއްގެ ޖުމްލަ 65% އަށްވުރެ މަތިން މާކްސް ލިބޭނަމައެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް /އަމިއްލަ ކުންފުނި ނުވަތަ ފަރާތަކަށް ޚިދުމަތްކުރުމުގެ ބޮންޑެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  5. މަސައްކަތުގެ ދާއިރާއިން ހަދާފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  6. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  7. ތަޖުރިބާގެ މުއްދަތު ހާމަކޮށްދިނުމުގެ ގޮތުން ހުށަހަޅާ ލިޔުމުގައި އަދާކުރި މަގާމާ މަގާމުގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި ވަޒީފާ މުއްދަތު ބަޔާންކުރުން.
  8. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ސުންގަޑި:

މިމަޤާމަށް ޝައުގުވެރިވާ، ޝަރުތުފުރިހަމަވާ ފަރާތްތަކުން 19 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން މަތީގައި ބަޔާންކުރެވިފައިވާ ތަކެތި [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މެއިލް ކުރައްވާއިރު ތިރީގައިވާ އޯޑަރުން އެއް ފައިލްއަކަށް ސްކޭންކުރުމަށްފަހު ފޮނުއްވުމަށް ދަންނަވަމެވެ.

  • އެޕްލިކޭޝަން ފޯމު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު
  • ސީ.ވީ.
  • ތަޢުލީމާއި ތަމްރީނާ ގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް
  • ތަޖުރިބާއާގުޅޭ ލިޔުންތައް

ނޯޓް:

  • މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމް މި އިއުލާނާ އެކު އެއް ކަރުދާސް ކުރެވިފައިވާނެއެވެ.
  • މަޤާމުގެ ޝަރުތު ހަމަނުވާ ފޯމްތަކާއި ހުށަހަޅަން ޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވާ ފޯމްތައް ބާތިލް ކުރެވޭނެއެވެ.
  • އިއުލާންގެ މުއްދަތު ހަމަވާތާ 07 ދުވަހުގެތެރޭގައި އިންޓަރވިއު/އިމްތިހާން ބާއްވާނެ ތާރީޙާއި ވަގުތެއް އެންގޭނެއެވެ. އިންޓަރވިއު/އިމްތިހާން އޮންނާނީ ޗިލްޑްރަންސް އޮމްބަޑްސްޕާރސަންގެ އޮފީހުގައެވެ.
  • އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން އިންޓަވިއުއަށް ވަޑައިގަންނަވައިރު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނެވުން އެދެމެވެ.
  • އަދި މިމަޤާމަށް އެދިފައިވާ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، މިއޮފީހުން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން، ޝޯޓް ލިސްޓު ކުރެވޭނެއެވެ. އަދި އިންޓަވިއު ކުރެވޭނީ ޝޯޓް ލިސްޓު ކުރާއިރު ހޮވޭފަރާތްތަކާއެވެ.
  • އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުނަމަ 7960440 ނަންބަރާ ގުޅުއްވުން އެދެމެވެ.

 

12 ސެޕްޓެންބަރު 2023
ހޯދާ