މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓް އެގްޒެކެޓިވް

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފަކު ބޭނުންވެއެވެ.

މަޤާމު:                 އިންޓަރނަލް އޮޑިޓް އެގްޒެކެޓިވް

ބޭނުންވާ އަދަދު:            01

ވަޒީފާގެ ބާވަތް:            ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އިތުރުކުރެވޭނެއެވެ.)

ސެކްޝަން:              އިންޓާރނަލް އޮޑިޓް ޑިޕާޓްމަންޓް

ޖުމުލަ މުސާރަ:           -/35000 އިނާޔަތްތަކާ އެކު.

އެހެނިހެން އިނާޔަތް:         ރިޓަޔަރމަންޓް ޕެންޝަން ސްކީމް، މެޑިކަލް އިންޝުއަރެންސް

މަސައްކަތް ކުރަންޖެހޭ ތަން:     އިންޓާރނަލް އޮޑިޓް ޑިޕާޓްމަންޓް/ އެމް.ޓީ.ސީ.ސީ ސޯމިލް

ޝަރުޠު            

  • ސަރޓިފައިޑް އިންޓަރނަލް އޮޑިޓަރ (ސީ.އައި.އޭ) ގެ ޕްރޮފެޝަނަލް ކޮލިފިކޭޝަން (އައި.އޭ.އޭ) ނުވަތަ އޭ.ސީ.ސީ.އޭ ކޮލިފިކޭޝަން، އޮޑިޓްކުރުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން، ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން.
  • އޮޑިޓް މަސައްކަތް ރާވައި ހިންގުމާއި ބެލެހެއްޓުން ފަދަ ޒިންމާދާރު މަޤާމެއްގައި 03 އަހަރު ދުވަހު އުޅެފައިވުން.
  • އިކޮނޮމިކްސް އަދި އެކައުންޓިންގެ އުސޫލުތަކާއި މިންގަނޑުތަކާއި ފައިނޭންޝަލް މާރކެޓް އަދި ބޭންކިންގގެ ނިޒާމް ހިންގާގޮތުގެ މަޢުލޫމާތު ލިބިފައިވުމާއެކު އެފަތަ ނިޒާމުތައް ދިރާސާކުރުމުގެ ޤާބިލިއްޔަތާއި ހުނަރު ލިބިފައިވުން.
  • ބިޒްނަސް މެނޭޖްމަންޓުގެ އުސޫލުތައް އެނގުމާއެކު ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ދިވެހި ރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކުގެ މަޢުލޫމާތު އެގިފައިވުން އަދި ކަންކަން ދިރާސާކޮށް މައްސަލަތައް ބަލައި ލަފާދެވޭ އަދި ކުރާ ކަންކަމުގެ ފެންވަރު ޤާއިމުކޮށް ދެމެހެއްޓުމުގެ ހުނަރާއި ޤާބިލުކަން ހުރުން.
  • އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • ކޯޕަރޭޓް ބިޒްނަސް މާހައުލެއްގައި މަސަައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: މިވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު ޓާރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައި ވާނެއެވެ. މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްއިން ލިބިލައްވާނެއެވެ.

ވީމާ، މި މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 12 މާރިޗު 2015 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މި މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓްއިން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް: [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

05 ޖުމާދުލްއޫލާ 1436

24 ފެބުރުވަރީ 2015
ހޯދާ