މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހއ.ދިއްދޫގައި ޢިމާރާތްކުރާ 75 ރޯހައުސް އަށް އެދި ހުށަހެޅުމަށް ހުޅުވާލުމާއި ގުޅޭ

އިޢުލާން

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހއ. ދިއްދޫގައި ޢިމާރާތްކުރާ 75 ރޯހައުސް އަށް އެދި "ގެދޮރޮވެރިން ޕޯޓަލް" މެދުވެރިކޮށް ހުށަހެޅުމުގެ ފުރުސަތު 7 ސެޕްޓެންބަރ 2023 އިން 7 އޮކްޓޯބަރ 2023 ވާ (ހޮނިހިރު) ދުވަހުގެ 14:00 ގެ ނިއަލަށް ހުޅުވާލަމެވެ.

ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ކިޔޫގައި ނުޖެހި ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މި މިނިސްޓްރީން އެކަށައަޅާފައިވާ ޕްލެޓްފޯމް (ގެދޮރުވެރިން ޕޯޓަލް) މެދުވެރިކޮށް ކަމަށްވާތީ، މަތީގައި ދަންނަވާފައިވާ ގޮތުގެ މަތިން www.gedhoruverin.gov.mv އަށް ލޮގިންގ ކުރައްވައި ފޯމު ހުށައެޅުއްވުމަށް ދަންނަވަމެވެ. މި އިޢުލާނާއެކު ގެޒެޓް ކޮށްފައިވާ ހއ.ދިއްދޫ އިން ރޯހައުސް ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލު www.gedhoruverin.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މިހެންވެ، މިކަން ޢާއްމުކޮށްއަންގާ އިޢުލާނުކުރީމެވެ.

 

07 ސެޕްޓެންބަރު 2023
ހޯދާ