މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
To hire a party to Print Maldives Destination Guide 2024 & Product Directory 2024

 (IUL)MMPRC-PRO/1/2023/29 :ނަންބަރު                                                                                                           

އިޢުލާން

މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިވެރިވާ އެހެނިހެން ހަރަކާތްތަކުގައި ބޭނުންކުރާނެ ޑެސްޓިނޭޝަން ގައިޑް 2024 އަދި ޕްރޮޑަކްޓް ޑައިރެކްޓަރީ 2024 ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު އިއުލާން ނަންބަރު (IUL)MMPRC-PRO/1/2023/28 އަށް އެކަށީގެންވާވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އެ އިއުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.

    ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2023  ސެޕްޓެމްބަރ 12 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 02:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2023  ސެޕްޓެމްބަރ 13 ވާ ބުދަ ދުވަހުގެ 02:00 ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.

ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2023  ސެޕްޓެމްބަރ 14 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 10:00 އަށް، ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު [email protected]  އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.

  • ކުންފުނީގެ ނަން:
  • ގުޅޭނެ ފަރާތެއްގެ ނަން:
  • ގުޅޭނެ ފޯނު ނަންބަރ:
  • އީމެއިލް އެޑްރެސް:
  • އީމެއިލްގެ ސަބްޖެކްޓް: To Print Maldives Destination Guide 2024 & Product Directory 2024

 

ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކޯޕަރޭޝަންގެ 3323228 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

އީމެއިލް އެޑްރެސް: [email protected]

ކޮޕީކުރެއްވުމަށް [email protected]

ނަން: ޙަސަން ޝަހީލް

މަޤާމް: ޖެނެރަލް މެނޭޖާރ

           

                      22 ޞަފަރް 1445

                 

07 ސެޕްޓެންބަރު 2023
ހޯދާ