އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހުގެ ބައެއްގައި ޕާޓިޝަން ޖެހުން

އޮޑިޓަރ ޖެނެރަލްގެ އޮފީސް ހިންގަމުން ދާ ސްޓަރ ކްލައުޑްސް ބިލްޑިންގގެ 1 ވަނަ އަދި 3 ވަނަ ފަންގިފިލާގެ ބައެއްގައި ޕާޓިޝަން ޖަހާދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް، ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ބީލަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ބީލަން ރަޖިސްޓްރީ ކުރެއްވުމަށް 12 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ބީލަން ރަޖިސްޓްރޭޝަން ފޯމް [email protected] މެދުވެރިކޮށް ހުށަހެޅުއްވުމަށް އެދެމެވެ. އަދި މި އޮފީހަށް ވަޑައިގެން ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުއްވުމަށް އެދޭ ފަރާތްތަކުން 12 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ 13:00 އާ ހަމައަށް ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 09:00 ން މެންދުރުފަހު 13:00 ދެމެދުގެ ވަގުތެއްގައި ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ އިދާރީ ބަޔަށް ވަޑައިގެން ފޯމް ހުށަހެޅުއްވުމަށް އެދެމެވެ.

ބީލަމަށް ކުރިމަތިލާ ފަރާތްތަކަށް ބާއްވާ ޕްރީ-ބިޑް އަދި ސައިޓް ވިޒިޓް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް12 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ14:00 އަށް ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިފިލާގައި ހުންނަ މި އޮފީހުގެ އިދާރީ ބަޔަށް ވަޑައިގެންދެއްވުން އެދެމެވެ.ބީލަން ހުށަހެޅުން އޮންނާނީ 21 ސެޕްޓެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި، ސްޓަރ ކްލައުޑްސްގެ 1 ވަނަ ފަންގިލފިލާގައެވެ. ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ދުވަހު 11:00 ގެ ފަހުން ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.  

07 ސެޕްޓެންބަރު 2023
ހޯދާ