މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
"ފިއުލް މެނޭޖްމަންޓް ސޮފްޓްވެއަރ"އެއް ފޯރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ

 ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

"ފިއުލް މެނޭޖްމަންޓް ސޮފްޓްވެއަރ"އެއް ފޯރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދުމާއި ބެހޭ

 

       މިކުންފުންޏަށް "ފިއުލް މެނޭޖްމަންޓް ސޮފްޓްވެއަރ"އެއް ފޯރުކޮށްދޭން ޝައުޤުވެރިވާ ފަރާތްތައް ހޯދަން ބޭނުންވެއެވެ. އެގޮތުން، މިކަމަށް ހުށަހަޅާ ސޮފްޓްވެއަރއިން މިކުންފުނިން ބަލަހައްޓަމުން އަންނަ އެވިއޭޝަން ފިއުލް، ޕެޓްރޯލް އަދި ޑީސަލް ފިއުލްގެ އިންވެންޓްރީއާއި އެންމެހާ މަސައްކަތްތައް ބަލަހައްޓައި ބިލްކުރެވެންވާނެއެވެ. އަދި މިސޮފްޓްވެއަރ މިކުންފުނީގެ "އީ.އާރް.ޕީ އޮރަކަލް"އާ ގުޅިލާމެހެންވާނެއެވެ.

 

       މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2023 ސެޕްޓެންބަރު 19 ވާ އަންގާރަދުވަހުގެ މެންދުރު 1:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ އީ.އޯ.އައި ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

 

       މިކުންފުނިން ބޭނުންވެއްޖެ ހާލަތެއްގައި، ޝައުޤުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން މި އީ.އޯ.އައި ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކޮލިފައިވި ފަރާތްތަކަށް އަގު ހުށަހެޅުމުގެ ފުރުސަތު "ރިކުއެސްޓް ފޯ ކޯޓޭޝަން/ޕްރޮޕޯސަލް" މެދުވެރިކޮށް ފަހުން ހުޅުވާލެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

 

07 ސެޕްޓެންބަރު 2023
ހޯދާ