ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް ފަހައި ވިއްކައިދޭނެ ފަރާތެއް ހޯދުން

ދ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯރމްތައްޔާރުކޮށް ވިއްކައިދޭނެ ފަރާތެއް ހޯދުމަށް

       ދ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ފަހައި ވިއްކުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

       ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 11 ސެޕްޓެމްބަރ 2023 އިން 14 ސެޕްޓެމްބަރ 2023 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 13.00އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ނަންނޯޓް ކުރެއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެހަށް ކުންފުނި / ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ ، ފޯނު ނަންބަރ، އީމެއިލް އެޑްރެސް، މަޢުލޫމާތު ސާފްކުރާ ފަރާތުގެ ނަން އީ މެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

       މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2023 ސެޕްޓެމްބަރ 17 ވާ ބުރާސްފަތި ދުވަހުގެ 10.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.

       މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2023 ސެޕްޓެމްބަރ 17 ވާ އާދިއްތަ ދުވަހުގެ 11.15ގައި ދ.އަތޮޅު މަދަރުސާގައި އޮންނާނެއެވެ.

       ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 20 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 11:15 ގައި މި ސްކޫލްގައެވެ. އަދި މިއިއުލާނާއެކު މިމަސައްކަތާގުޅޭ މައުލޫމާތުޝީޓާއި އެކްޓިވިޓީ ޔުނީފޯމްގެ ކުރެހުން އެޓޭޗްކުރެވިފައިވާނެއެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިލައްވާނެއެވެ.

 ދ.އަތޮޅު މަދަރުސާ

 ފޯނު ނަންބަރ: 7952915

 އީމެއިލް: [email protected]

07 ސެޕްޓެންބަރު 2023
ހޯދާ