މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ. ވޭވަށުން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ކުރެވުނު އިޢުލާނުގެ މުއްދަތު އިތުރުކުރުން

މ. ވޭވަށުން ދިރިއުޅުމަށްޓަކައި 3000 އަކަފޫޓުގެ 16 ބަންޑާރަ ގޯތި ދޫކުރުމަށް މި ކައުންސިލްގެ ނަންބަރ (IUL)363-ADM/363/2023/23 އިންކޮށްފައިވާ އިޢުލާންގެ މުއްދަތު 11 ސެޕްޓެމްބަރ 2023 އަށް ހަމަވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް މި މުއްދަތުގެ ތެރެއަށް ސަރުކާރު ބަންދު ދުވަހެއް ވަންނާތީއާއި، ގިނަ ފަރާތްތަކުން ފޯރމުތައް ހުށަހަޅަމުންދާތީ، ވީހާވެސް ގިނަފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން 13 ސެޕްޓެމްބަރ 2023 ވާ ބުދަ ދުވަހުގެ 12:00އާއި ހަމައަށް ފޯމު ލުމުގެ މުއްދަތު އިތުރު ކުރި ވާހަކަ ދަންނަވަމެވެ.

07 ސެޕްޓެންބަރު 2023
ހޯދާ