ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ވ.ކުޑަމޮހޮރާ" ސާފުކުރުމާއި، "ވ.ކުޑަމޮހޮރާ" އަދި "ވ.ރުއްހުރިހުރާ" ރަށުތެރެއަށް ވެލިލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ފެލިދެއަތޮޅު އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ޤުދުރަތީ ވަޞީލަތްތަކުގެ ތެރެއިން "ވ.ކުޑަމޮހޮރާ" އަދި "ވ.ރުއްހުރިހުރާ" ކިޔުނު ރަށްތައް، އެ ތަންތަނުގެ އިޤްތިޞާދީ އަދި އިޖުތިމާޢި ފައިދާތައް ރައްޔިތުންނަށް ހޯދައިދެވޭނެގޮތަށް ރަށް ބޭނުންކުރުމަށާއި، އަދި ރަށްތައް ބަލަހައްޓައި ދިރުވުމުގެ ގޮތުން ކުރަން ރޭވިފައިވާ މަސައްކަތްތަކުގެ ތެރެއިން، ރަށު ތެރެއަށް އަދި ހޭޅިމައްޗަށް ދޮންވެލި ލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކައުންސިލުން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

 މައުލޫމާތު ސާފުކުރުން

12 ސެޕްޓެމްބަރ 2023

11:00

  • ޒޫމް މެދުވެރިކޮށް
  • ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

އަގު ހުށަހެޅުން

21 ސެޕްޓެމްބަރ 2023

11:00

  • ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ

 

  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމަށް މި އިދާރާގެ ނަންބަރު 6700502 ނުވަތަ ވައިބަރ ނަންބަރު7949275 އަށް މެސެޖުކުރައްވާ ނަން ނޯޓް ކުރެއްވުމުން އެފަރާތަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ލިންކް ފޮނުވައިދެވޭނެވެ.
  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 12 ސެޕްޓެމްބަރ 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އެވެ.

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު: 

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

ފޯން: 6700502  ، ވައިބަރ: 7949275    ، އީމެއިލް: [email protected]

07 ސެޕްޓެންބަރު 2023
ހޯދާ