މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު – ފައިނޭންޝަލް އޮޑިޓަރ

ގައުމު: ދިވެހިރާއްޖެ

މަޝްރޫޢު: ގްރޭޓަރ މާލެ ވޯސްޓް މެނޭޖްމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް-ޓު-އެނަރޖީ ޕްރޮޖެކްޓް

ސެކްޓަރ: އާރބަން ސޮލިޑް ވޭސްޓް މެނޭޖެމަންޓް

 

ބޭނުންވާ ކޮންސަލްޓަންސީގެ ޚިދުމަތް: ފައިނޭންޝަލް އޮޑިޓް

މޮޑެލް އޮފް ފައިނޭންސިން: ލޯން ފައިނޭންސިންގ

ފައިނޭންސިންގ ނަންބަރު: MDV-1010

 

ތަޢާރަފް

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން (އައި.ޑީ.ބީ) އިން ދިވެހި ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ގްރޭޓާ މާލެ ވޭސްޓް މެނޭޖްމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް ޓު އެނަރޖީ ޕްރޮޖެކްޓްގެ ދަށުން ފައިނޭންޝަލް އޮޑިޓްގެ ކޮންސަލްޓަންސީ ޚިދުމަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މަތީގައި ދަންނަވާފައިވާ ކޮންސަލްޓަންސީ ޚިދުމަތުގެ ތެރޭގައި، 'ޖެނެރަލީ އެކްސެޕްޓެޑް އޮޑިޓިންގ ސްޓޭންޑަރޑްސް (ޖީ.އޭ.އޭ.އެސް) ގެ މިންގަނޑުތަކަށް ފެތޭގޮތަށް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައި.އެފް.ސީ.އޭ) އިން ނެރެފައިވާ އިންޓަނޭޝަނަލް ސްޓޭންޑާޑްސް އޮން އޮޑިޓިން (އައި.އޭ.އެސް) ނުވަތަ އިންޓަނޭޝަނަލް އޯގަނައިޒޭޝަން އޮފް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (އިންޓޯސާއީ) އިން ނެރެފައިވާ އޮޑިޓް ސްޓޭންޑާޑްސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ފައިނޭންޝަލް އޮޑިޓް ހެދުން ހިމެނެއެވެ. މީގެ އިތުރުން، މަޝްރޫޢައި ގުޅުންހުރި ފައިނޭންސިންގ އެގްރީމަންޓްތަކާއި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ކަނޑައަޅާ ޚާއްޞަ ޝަރުޠުތަކާ އެއްގޮތަށް ޕްރޮޖެކްޓްގެ މުއްދަތުގެ ތެރޭގައި، (21 މާރިޗު 2021 އިން 30 ސެޕްޓެމްބަރ 2025) އަށް ކޮންސަލްޓަންސީގެ ޚިދުމަތް ފޯރުކޮށްދިނުން ހިމެނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުމުގެ ދަޢުވަތު ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

 

ޝޯޓްލިސްޓް ކުރުމުގައި ބަލާނެ ޝަރުތުތައް

(ހ) ޕްރޮޕޯސަލް ހުށަހަޅާ އޮޑިޓުފާމް އުފެއްދި ފަހުން، މަދުވެގެން 7 އަހަރު ދުވަސް ވެފައި ވުމާއި، ސަރުކާރުގެ މަޝްރޫޢުތަކުގެ އޮޑިޓްކުރުމުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

(ށ) ޕްރޮޕޯސަލް ހުށަހަޅާ އޮޑިޓުފާމަކީ ބޭރުގެ އެހީދޭ ޖަމްޢިއްޔާއަކުން ހިންގާ ޕްރޮޖެކްޓްތަކުގެ އޮޑިޓް ކުރުމުގެ ތަޖުރިބާ ލިބިފައިވުން (އެފަދަ އެސައިންމަންޓްތައް ހިންގުމުގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން)،

(ނ) ޕްރޮޕޯސަލް ހުށަހަޅާ އޮޑިޓަރަކީ، ބައިނަލްއަގުވާމީ އެހީދޭ ބޭންކެއް ނުވަތަ ދިވެހި ސަރުކާރުގެ އިދާރާއެއްގައި ގުޅުންހުރި އެސައިންމަންޓެއް ފުރިހަމަކޮށްފައިވާ ފަރާތެއްކަމުގައި ވުން،

(ރ) ޕްރޮޕޯސަލް ހުށަހަޅާ އޮޑިޓުފާމަކީ ކަމާބެހޭ ދިވެހިރާއްޖޭގެ އިދާރާއަކުން ލައިސަންސް ލިބިފައިވާ އޮޑިޓްފާމަކަށްވުން.

 

ކޮންސަލްޓަންސީ ފާމެއް ހޮވުން

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޮވުމުގައި ޢަމަލުކުރާމީ، ތަޢުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން އައި.ޑީ.ބީ އިން ތައްޔާރުކޮށްފައިވާ ޕްރޮކިއުމަންޓް ގައިޑްލައިން ކަމުގައިވާ ލީސްޓް-ކޯސްޓް- ސެލެކްޝަން މެތަޑްގެ ދަށުންނެވެ.  

 

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރު) މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ގައި ޝާއިއު ކުރެވިފައިވާނެއެވެ. މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، 12 ސެޕްޓެމްބަރ 2023 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީގެ އިމެއިލް [email protected] އަށް ފޮނުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

ސުންގަޑި

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 21 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް އެކްސްޕްރެޝަން އޮފް އިންޓްރަސްޓް ތިރީގައި ބަޔާން ކުރެވިފައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައި ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮޖެކްޓް މެނޭޖަރ

މިނިސްޓްރީ އޮފް އެންވަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

06 ސެޕްޓެންބަރު 2023
ހޯދާ