ފެމިލީ ކޯޓް
ދިވެހިރާއްޖެ
ވަރީގެ ސެޓުފިކެޓާއި ކާވެނީގެ ސެޓުފިކެޓު ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ:

ފެމިލީކޯޓަށް ވަރީގެ ސެޓުފިކެޓާއި ކާވެނީގެ ސެޓުފިކެޓު ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2015 އެޕްރީލް 05 ވަނަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2013 އެޕްރީލް 11 ވަނަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށް އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ފެމިލީކޯޓުގެ (ޖަސްޓިސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ކޮންފަރެންސްރޫމަށެވެ. މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

04 ޖުމާދަލްއޫލާ 1436  

23 ފެބުރުވަރީ 2015
ހޯދާ