މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
އެމެންޑްމަންޓް 1 - ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ ރެފްރިޖެރޭޝަން، އިލެކްޓްރިކް އަދި އިލެކްޓްރޯނިކްސް ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން

  މާލެ، ދިވެހިރާއްޖެ

އިއުލާން ނަމްބަރު: (IUL)475/475/2023/179

އިއުލާން އެމެންޑްމަންޓް 1

"ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓްގެ ރެފްރިޖެރޭޝަން، އިލެކްޓްރިކް އަދި އިލެކްޓްރޯނިކްސް ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެ"

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް' ޕްރޮޖެކްޓުގެ ފަރާތުން ހއ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ހއ. ދިއްދޫ) އަދި ރ. އެޓޯލް ޓެކްނިކަލް އިންސްޓިޓިއުޓް (ރ. އަލިފުށި) ގެ ރެފްރިޖެރޭޝަން، އިލެކްޓްރިކް އަދި އިލެކްޓްރޯނިކްސް ވޯރކްޝޮޕަށް ބޭނުންވާ މެޝިނަރީ އަދި އިކުއިޕްމަންޓް ސަޕްލައިކޮށްދޭން ފަރާތެއް ބޭނުންވެއްޖެއެވެ.

ސުރުޚީގައި ދަންނަވާފައިވާ ތަކެތި ހޯދުމަށް 21 އޯގަސްޓް 2023 ގެ އި ކުރެވިފައިވާ ނަންބަރު(IUL)475/475/2023/165  އިއުލާނުގައިވާ ބިޑް ޑޮކިޔުމަންޓްގެ މައުލޫމާތުވަނީ އިތުރުކުރެވިފައެވެ. މި އިޢުލާނާ އެކު އިތުރުވެފައިވާ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައިގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމާތު ހިމެނިފައިވާ އެމެންޑްމަންޓް މި އިއުލާނުން ޑައިންލޯޑްކުރެވޭނެއެވެ. އަދި ތިރީގައިވާ އެޑްރެހަށް އީމެއިލްކުރެއްވުމުންވެސް ލިބިވަޑައިގަންނަވާނެއެވެ.

އަންދާސީ ހިސާބު ހުށައެޅުން:

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ސެޕްޓެމްބަރ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު  11:00އަށް އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފްލޯރގައި ހުންނަ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓަށް ބިޑިންގ ޑޮކިއުމަންޓްގައި ބަޔާން ކުރެވިފައިވާ ލިޔެކިޔުންތައް ހިމެނޭގޮތަށް ބިޑް ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ ބިޑްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، 5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]

ފޯން: 306982/3026975

06 ސެޕްޓެންބަރު 2023
ހޯދާ