އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ސީނިއަރ އޮކިއުޕޭޝަނަލް ތެރަޕިސްޓް

މަޤާމް :ސީނިއަރ އޮކިއުޕޭޝަނަލް ތެރަޕިސްޓް
ބޭނުންވާ އަދަދު :1

އިއުލާން

 

މަޤާމު

ސީނިއަރ އޮކިއުޕޭޝަނަލް ތެރަޕިސްޓް

ބޭނުންވާ އަދަދު

 1 (އެކެއް)

މަގާމްގެ ނަންބަރު

291528 ޖޭ

މަޤާމުގެ ގިންތި

ދާއިމީ

ވަޒީފާއަދާ ކުރަންޖެހޭ ތަން

ޑައިރެކްޓް ފަންކްޝަން ޑިޕާޓްމަންޓް، އެލައިޑް ހެލްތް ސަރވިސް ޑިވިޜަން، އޮކިއުޕޭޝަނަލް ރިހަބިލިޓޭޝަން ތެރަޕީ ޔުނިޓް / އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / މާލެ

މަގާމު

ޕަބްލިކް ސަރވިސް ރޭންކް

ތައުލީމީ ފެންވަރު

ސީނިއަރ އޮކިއުޕޭޝަނަލް ތެރަޕިސްޓް

ޕަބްލިކް ސަރވިސް ރޭންކް 8

  1. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލްކުރާ، މަގާމުގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން  ދިިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

      ނުވަތަ

  1. މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުން ގަބޫލްކުރާ، މަގާމުގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން  ދިިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމަށް އައްޔަށްންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމް ތަމްރީނުތައް

 

 މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލްގައި ރަޖިސްޓްރީކޮށް ލައިސަންސް ލިބިފައިވުން

މަގާމުގެ އަސާސީ މުސާރަ

-/14228 ރުފިޔާ (މަހަކު)

މަގާމުގެ އެލަވަންސް

 -/6640 ރުފިޔާ (މަހަކު)

ޙާޟިރީ އިނާޔަތް

 -/180 ރުފިޔާ (މަސައްކަތަށް ޙާޟިރުވާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ބަންދު ދުވަހުގެ ފައިސާ

 

ތައުލީމީ ރޮނގުތައް:

ފިޒިކަލް ރިހިބިލިޓޭޝަން، ހެލްތް އެންޑް ފިޓްނަސް، އޮކިއުޕޭޝަނަލް ތެރަޕީ

 

ގުޅޭ ވަޒ×ީފާގެ ދާއިރާ:

އޮކިއުޕޭޝަނަލް ތެރަޕީ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ބަލިމީހާގެ ހާލަތު ދެނެގަތުމަށް ބަލިމީހާގެ  ފިޒިކަލް އަދި ސައިކޮލޮޖިކަލް އެސެސްމެންޓްތައް ހެދުން
  2. ބަލިމީހާއަށް ފަރުވާދިނުމަށްޓަކައި، ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލުމާއި އެ ޕްލޭންގެ ދަށުން  ފަރުވާލިބި ނިމޭއިރު ހާސިލްވާން ބޭނުންވާ ކަންތައްތަކަކީ ކޮބައިކަމާއި، އެކަންތައްތައް ހާސިލްކުރުމުގައި ބަލިމީހާއަށް އެހީތެރިވުމުގެ ގޮތުން ހިމަނާނެ ހަރާތްތަކަކީ  ކޮބައިކަން ވަކިން އެނގޭނެހެން ތަފްސީލާއެކު އެކުލަވާލައި ޕްލޭންގައި ހިމެނުން
  3. އެކިކަހަލަ ނުކުޅެދުންތެރިކަން ހުރުމުގެ ސަބަބުން އާންމު  ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަމަށް ހުރަސްއެޅިފައިވާނަމަ އެފަދަ ހާލަތާއެކުވެސް ދިރިއުޅެން  ކުރިއަށް  ގެންދިއުމަށް ގެންނަންޖެހޭ ބަދަލުތަކާއި ހަރާކްތައް ދައްކުވައިދީ ދަސްކޮށް ދިނުމާއި ތެރަޕީތައް ދިނުން
  4. ބަލިމީހުން ދިރިއުޅޭ ގެ އަދި މަސައްކަތްކުރާ މާހައުލު އެސެސްކުރުމަށްފަހު ، ބަލިމީހާއަށް ސިއްޚީގޮތުން  ބޭނުންހުރި ކަންތައްތަކުގެ  މައްޗަށް ރިޢާޔަތްކޮށް، ރަނގަޅުކުރެވިދާނެ ފައިދާހުރި މުހިއްމު  ކަންތައް ފާހަގަކޮށް އެކަންކަން ކުރާނެގޮތް  ބުނެދިނުން
  5. ޙާއްސަ ސާމާނު ބޭނުންކުރަން ދަސްކޮށްދީ ދުވަހުން ދުވަހުގެ މަސައްކަތްތައް ކުރުމަށް ފަސޭހަކޮށް ދިނުން. އަދި ނުކުޅެދުމުގެ ސަބަބުން އުގެނުމުގެ ދަތިކަން ހުންނަމީހުންނާއި އަދި އިޖުތިމާއި ހުނަރު ދަށްމީހުންނަށް ފާއިސާ ބޭނުންކުރުންފަދަ އާއްމު އިޖުތިމާއީހުނަރުތައް ދަމަހައްޓަން ދަސްކޮށްދިނުން.
  6. ބަލިމީހުންގެ ޢާއިލާ މީހުންނަށް އަދި ބަލިމީހާ މަސައްކަތްކުރާތަކުގެ  އިސްވެރިންނަށާއި، އެކީގައި މަސައްކަތްކުރާ ފަރާތްތަކަށް ބަލިމީހާއަށް އަޅާލައި، ބަލިމީހާއަށް އެންމެ އެކަށީގެންވާގޮތަށް މަސައްކަތުގެ މާހައުލު ރާވައި ހަމަޖައްސާނެ ގޮތްތަކާބެހޭ  މަޢުލޫމާތު ފޯރުކޮށްދިނުން
  7. ފުރޮޅުލީ ގޮނޑިއާއި  ނުކުޅެދޭ ފަރާތްތަކަށް ކެއިން ބުއިން ފަސޭހަކުރުމަށް  ޙާއްސަކޮށް އެފަރާތްތަކަށް  ބޭނުންކުރުމަށްޓަކައި ތައްޔާރުކޮށްފައި ހުންނަ އެކި ބަލިތަކާއި ގުޅުންހުރި އާލާތްތައް ބޭނުންކުރަންޖެހޭ ހާލަތްތަކުގައި  ބޭނުން ކުރުމަށް ބާރުއަޅައި، އެ ތަކެތި ބޭނުންކުރުމުގައި  އަމަލުކުރަންވީ ގޮތް ބަލިމީހުންނަށް ކިޔައިދިނުން
  8. ބަލިމީހުން ހަރަކާތްތަކުގެ ތެރެއިން ރަނގަޅު ފައިދާހުރި ކަންތައްތަކާއ، އިތުރަށް ރަނގަޅުކުރަން ހުރި ކަންތައްތަކާއި، ހަރަކާތްތަކަށް ގެންނަންވީ ބަދަލުތަކަކީ ކޮބައިތޯ  ބެލުމަށާއި، އެކުލަވާލި ޓްރީޓްމަންޓް  ޕްލޭން ކުރިއަށް  ގެންދިއުމަށް ދާނެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި އަދި ޑޮކްޓަރުންނާއި، ބަލިމީހާގެ ބައްޔާ ގުޅުންހުރި ފަރުވާ ފޯރުކޮށްދޭ އެހެނިހެން ފަރާތްތަކަށް ރިޕޯޓު ކުރުމަށް  ނުވަތަ ރިފަރކުރުމަށްޓަކައި، ބަލިމީހާގެ ހަރަކާތްތައް ޤަވައިދުން އެސެސްކޮށް ރެކޯޑުކުރުން
  9. ދެމެހެއްޓެނިވި ގޮތެއްގައި އޮކިއުޕޭޝަނަލް ތެރަޕީ ދާއިރާއަށް ބޭނުންވާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓުގެ  ފުރުޞަތުތަކުގައި  ބައިވެރިވުމާއި، އޮކިއުޕޭޝަނަލް ތެރަޕީ ދާއިރާގެ އެކި ލެވެލްގެ މުވައްޒަފުންނަށް އިރުޝާދުދީ އެ މުވައްޒަފުން ސުޕަވައިޒްކުރުން. އަދި އެ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކުރުވުގެ  ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް  ޑިވެލޮޕްމަންޓްގެ  ޕްރޮގްރާމްތައް  ހިންގުމުގައި ބައިވެރިވުން
  10. އޮކއުޕޭޝަނަލް ތެރަޕީގެ ޚިދުމަތް ޑިވެލޮޕްކޮށް އިތުރަށް ކުރިއެރުވުމަށް މަސައްކަތްކުރުމުގައާއި އެކި ހާލަތްތަކާއި ބަލިތަކަށްދޭ ފަރުވާއާބެހޭ ދިރާސާތައްކުރުމުގައި ތިމާއަށްވުރެ ސީނިއަރ އޮކިއުޕޭޝަނަލް ތެރަޕިސްޓުންނަށް އެހީތެރިވުން
  11. އޮކިއުޕޭޝަނަލް ތެރަޕީ ސްޓުޑެންޓުންގެ އަމަލީ ހުނަރު އިތުރުކުރުމަށް ހޮސްޕިޓަލްގައި ކުރިއަށްގެންދާ ކްލިނިކަލް ޕޯސްޓިންގތަކުގައި އެފަރާތްތައް ބިނާކުރުމުގެ  އަމަލީގޮތުން ބައިވެރިވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx އަދި އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ http://igmh.gov.mv ވެބްސައިޓުންނާއި  އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ 11ވަނަ ފަންގިފިލާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން
  5. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  6. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ގާބިލްކަން ކަށަވަރުކުރުމަށްޓަކައި އިންޓަރވިއުކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 ސެޕްޓެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އީ-މެއިލް [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

 

އިންޓަރވިއުއާއި އިމްތިހާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި އޮންނާނީ، 17 ސެޕްޓެމްބަރ 2023 ން 30 ސެޕްޓެމްބަރ 2023 އާ ދެމެދު މި ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައެވެ.  

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3335234 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

       

21 ސަފަރު 1445

6 ސެޕްޓެމްބަރ 2023

06 ސެޕްޓެންބަރު 2023
ހޯދާ