މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. ނޫމަރާއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

އިޢުލާން

 

ށ. ނޫމަރާއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

 

    ށ. ނޫމަރާއިން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 30 ބަންޑާރަ ގޯތި ދޫކުރުމަށް ނޫމަރާ ކައުންސިލުން ނިންމާފައިވާތީ، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2023 ސެޕްޓެންބަރު 06 ވާ ބުދަ ދުވަހުންފެށިގެން 2023 އޮކްޓޯބަރު 19 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ނޫމަރާ ކައުންސިލްގެ އިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

  ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 ން 12:00 ށް ނޫމަރާ ކައުންސިލްގެ އިދާރާއިންނެވެ.  

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

06 ސެޕްޓެންބަރު 2023
ހޯދާ