ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ

ތިރީގައި މިދަންނަވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.     

މަޤާމް:

އޮފިސަރ - ޕްރޮކިއުމަންޓް

ޑިޕާޓްމަންޓް:

ޕްރޮކިއުމަންޓް

ބޭނުންވާ ޢަދަދު:

01

ޝަރުތުތައް:

- ޖީސީއީ އޯލެވެލް 04 މާއްދާއިން ފާސް ވެފައި ވުން

- މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ހުރުން

- މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން

މަސްޢޫލިއްޔަތު:

- ކުންފުނީގެ އޮޕަރޭޝަނަށް ބޭނުންވާ މުދާތައް ގަތުމުގައި އެހީތެރިވުން.

- ކުންފުނީގެ އެކިއެކި ބީލަންތަކަށް ބޭނުންވާ ލިޔެކިއުންތައް ދިރާޝާކޮށް ރިޕޯޓު ތައް ތައްޔާރު ކުރުން.

- ޕާރޗޭސިންގ ކޮމެޓީގެ އިންތިޒާމުތައް ހަމަޖެއްސުމާއި، ކޮމެޓީގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުން.

- ސަޕްލަޔަރ ޑޭޓާބޭސް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ޕާޗޭސް އޯޑާރ އަދި ކޮންޓްރެކް ތައްޔާރުކުރުން.

މުސާރަ:

12،000ރ އާއި 13،000ރ ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ހެޑް އޮފީސް - ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

 

 

މަޤާމް:

އޮފިޝަރ، ވެއާރހައުސް

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ

ބޭނުންވާ އަދަދު:

02

ޝަރުތުތައް:

- ޖީސީއީ އޯލެވެލް 04 މާއްދާއިން ފާސް ވެފައި ވުން

- މަސައްކަތުގެ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން

- މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން

- ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަސްޢޫލިއްޔަތު:

- ކުންފުނީގެ އޮޕަރޭޝަނަށް ބޭނުންވާ މުދާތައް ބަލައިގަތުމާއި ދޫކުރުން

- ސްޓޮކް ކައުންޓިން

- ސްޓޮކް މެނޭޖްކުރުން

މަހު މުސާރަ:

12،000ރ އާއި 13،000ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އިންޖިނިއަރިންގ ޑިޕާޓްމަންޓް، ތިލަފުށި ބޯޓްޔާރޑް

 

މަޤާމް:

ޔާރޓް އެސިސްޓެންޓް

ޑިޕާޓްމަންޓް/ސެކްސަން:

އިންޖިނިއަރިންގ ޑިޕާރޓްމަންޓް

ބޭނުންވާ އަދަދު:

03

ޝަރުތުތައް:

- ގްރޭޑް 8 ފުރިހަމަކޮށްފައިވުން

- މަސައްކަތުގެ 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން 

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

- ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަސައްކަތުގެ ބާވަތް:

- ކުންފުނީގެ އުޅަދުފަހަރު ޑޮކް ކުރުމުގެ މަސައްކަތުގައި ކަތުގައި އެހީތިރިވުން

- ޓޭންކް ތައް ސާފްކުރުމާ،ގޭސް ފުރީ ކުރުން

- ޔާރޑް ސާފް ކޮއް ބެލެހެއްޓުން

- ޑިޕާރޓްމަންޓް އަންގާ އިތުރު މަސައްކަތް ކުރުން

މަހު މުސާރަ:

13،000ރ އާއި 14،000ރ އާއި ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

އިންޖިނިއަރިންގ ޑިޕާޓްމަންޓް، ތިލަފުށި ބޯޓްޔާރޑް

 

މަޤާމް:

ޑްރައިވަރ

ޑިޕާޓްމަންޓް/ސެކްސަން:

ސޭލްސް އެންޑް މާކެޓިންގ

ބޭނުންވާ އަދަދު:

05

ޝަރުތުތައް:

- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން

- ސީ2، ސީ0 ނުވަތަ ޑީ0 ކެޓަގަރީ ވެހިކަލަސް ދުއްވުމުގެ ލައިސެންސް އޮތް މީހަކުކަމުގައި ވުން

- 1 ނުވަތަ 2 އަހަރުގެ ތަޖުރިބާ ލިބިފައިވުން  

- ފުރިހަމަ ސިއްޙަތެއްގައި ހުރިމީހެއްކަމުގައިވުން

މަހު މުސާރަ:

14،000ރ އާއި 15،000ރ ދެމެދު

ވަޒީފާގެ ބާވަތް:

ދާއިމީ

މަސައްކަތަށް ނިކުންނަން ޖެހޭ ތަން:

ބައުޒަރ ސެކްސަން (މާލެ، ހުޅުމާލެ، ތިލަފުށި)

 ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 2023 ސެޕްޓެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑި ކާޑު އަދި ޕޮލިސް ރިޕޯޓް އާއި އެކު މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.

އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331510/3331421 ނަންބަރަށް ގުޅުއްވުން އެދެމެވެ. 

06 ސެޕްޓެންބަރު 2023
ހޯދާ