ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުބިން ދޫކުރުމާގުޅޭ

                     ދަނޑުވެރިކަމުގެ ބޭނުމަށް ވިޔަފާރި އުޞޫލުން 5000  އަކަފޫޓްގެ 20 ބިން ދޫކުރުމަށް ކައުންސިލުން ނިންމާފައިވާތީ، އެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލަމެވެ.

                     ދަނޑުވެރިކަމަށް ދޫކުރާ ބިމަށް އެދޭ ފޯމާއި "ދަނޑުބިންކުއްޔަށްދޫކުރުމުގެއުޞޫލު" މި އިދާރާގެ ވެބްސައިޓް www.maamendhoo.gov.mv އިން ލިބެން ހުންނާނެއެވެ.  އަދި ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އާއި 12:00 އާ ދެމެދު މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

                     ވީމާ، ވިޔަފާރި އުޞޫލުން ދަނޑުބިން ބޭނުންވާ ފަރާތްތަކުން 2023 ސެޕްޓެންބަރު 21 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފުރިހަމަކޮށްފައިވާ "ދަނޑުބިން ހޯދުމަށް އެދި ހުށަހަޅާ ފޯމު" މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފޯމާއި ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި ހަމަނުކޮށް ހުށަހަޅާ ފޯމްތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރުމަޢުލޫމާތު ބޭނުންފުޅުވާނަމަ މި އިދާރާގެ ނަންބަރު 6820007 ފޯނަށް ގުޅުއްވުން އެދެމެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ސެޕްޓެންބަރު 2023
ހޯދާ