މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

 "މިމިނިސްޓްރީއާއި ސައިވާކްއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން، މިމިނިސްޓްރީއާއި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސަސް ސެންޓަރުތަކުގައި މަސައްކަތް ކުރަމުންގެންދާ ސޯޝަލް ވޯކަރުންނަށްކެއުމާއި ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރުން."

މިމިނިސްޓްރީއާއި ސައިވާކްއާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން، މިމިނިސްޓްރީއާއި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސަސް ސެންޓަރުތަކުގައި މަސައްކަތް ކުރަމުންގެންދާ ސޯޝަލް ވޯކަރުންނަށް 15 މާރިޗު 2015 އިން 18 މާރިޗު 2015 އަށް އަދި 22 މާރިޗު 2015 އިން 25 މާރިޗު 2015 އަށް ބާއްވާ ޓްރޭނިންގގެ 30 ބައިވެރިންނަށް ހެނދުނުގެ ސައި، އަދި މެންދުރުގެ ކެއުން އަދި ހަވީރުގެ ސައި ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 3 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 5 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިމިނިސްޓްރީއަށް (ހުރަވީ ބިލްޑިންގގެ ފުރަތަމަ ފަންގިފިލާ) ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

4 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015
ހޯދާ