ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލު 2023 އާންމުކުރުން

"ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލު 2021 (ތިންވަނަ އިސްލާޙު) ގެ މާއްދާތައް އިތުރަށް ތަފްޞީލުކޮށް " ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލު  2023" މި ސަރކިއުލަރއާއެކު އާންމުކުރަމެވެ. މި އުޞޫލަށް އަމަލުކުރާންފަށާނީ 2023 އޮކްޓޫބަރު 01 ވަނަ ދުވަހުން ފެށިގެންނެވެ.  

2023 ސެޕްޓެންބަރު 21 ވަނަ ދުވަހުގެ ނިޔަލަށް އިދާރާތަކުން ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކޮށްފައިވާ އިޢުލާނުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަނުކުރުމުގެ މަރުހަލާތައް ކުރިއަށްގެންދާނީ ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަނުކުރުމުގެ މިންގަނޑުތަކާ އުޞޫލު 2021 (ތިންވަނަ އިސްލާޙު) އާ އެއްގޮތަށެވެ.

މި އުޞޫލާ ގުޅޭ އެންމެހައި ލިޔެކިޔުންތައް ކޮމިޝަނުގެ ވެބްސައިޓުގެ ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެކަމުގައި ދެންނެވީމެވެ.

ވެބް ސައިޓް ލިންކު: https://www.csc.gov.mv/Policy/Index/40

05 ސެޕްޓެންބަރު 2023
ހޯދާ