މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
އެކްސްކަވޭޓަރ ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމާބެހޭ

މި ސަރވިސްގެ މާފުށީޖަލުގައި ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން 1300 މީޓަރު ދިގުމިން (3 ފޫޓު ފުޅާ، 4 ފޫޓު ފުންކޮށް) ގެ ބިންގަނޑު ކޮނުމަށާއި، އެ ސަރަޙައްދުގައި ހުރި ކޮންކްރީޓް ބްލޮކްތައް (އެއްޓަނުގެ) މިސަރވިސްއިން ދައްކާ ތަނެއްގައި ބަހައްޓައިދިނުމަށާއި އަދި، މި ސަރވިސްއިން ދައްކާ 03 އިމާރާތެއް ބިމާހަމަކޮށް ބިންގަނޑު ސާފުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަސްތަކާއި ގަޑިތަކަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ، 1 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރެއްވުމަށް

01 މާރިޗު 2015

އާދީއްތަ

11:00

އަންދާސީހިސާބު ހުށަހެޅުއްވުން

05 މާރިޗު 2015

ބުރާސްފަތި

11:00

05 ޖުމާދަލްއޫލާ 1436

24 ފެބުރުވަރީ 2015
ހޯދާ