އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - މަރަދޫ އަވަށުގެ ދެމަގަށް ހުންނަ ގޯތިތަކުގެ ކަން ގަވާއިދާއި އެއްގޮތަށް ވަށްކުރުމާއި ގުޅޭ

އިޢުލާން

                      މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެކުލަވާލާފައިވާ ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުގައި ޢިމާރާތް ކުރަންވީގޮތުގެ ގަވާއިދުގެ 1-15 ވަނަ މާއްދާގައި ދެމަގަށްވާ ގޮތަށް ކަންމައްޗަކަށް އޮންނަ ގޯއްޗެއްގައި ޢިމާރާތެއް ފަރުމާކުރުމުގައި މަގުގެ އިމާ ގުޅިފައިވާ ގޯތީގެ ބައިން 12(ބާރަ) ފޫޓުގެ ރޭޑިއަސްއެއް ހަމަވާހެން، ކަން ވަށްކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ދެންނެވުނު ގަވާއިދަށް ޢަމަލުކުރަން ފަށާފައިވަނީ 14 އޮކްޓޫބަރު 2020 ގައެވެ.

                      ދެމަގަށް ހުންނަ ގޯތިތަކުގެ ކަންވަށްކުރަން ޖެހޭތީ އާއި ޒަމާނީ ފެންވަރަށް މަގުތަށް ހަދަމުންދާއިރު ކަން ވަށްނުކޮށްފިނަމަ މަގުތަކުން ދަތުރުފަތުރު ކުރުމަށް ވެސް ދަތިތަކާއި ކުރިމަތިލާންޖެހޭނެތީ، މަރަދޫ އަވަށުގެ ދެމަގަށް ހުންނަ ގޯތިތަކުގެ، މަގުގެ އިމާއި ގުޅިފައިވާ ކަން ގަވާއިދާއި އެއްގޮތަށް ވަށްކޮށް މިއަހަރުގެ ނިޔަލަށް ނިންމުމަށް އަންގައި އިޢުލާން ކުރަމެވެ.

20 ޞަފަރު 1445

5 ސެޕްޓެމްބަރ 2023

05 ސެޕްޓެންބަރު 2023
ހޯދާ