ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 99 ވަނަ ޖަލްސާގެ ނިންމުން

ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް

ބައްދަލުވުމުގެ ނަންބަރު:

4 ވަނަ ދައުރުގެ 99

ބައްދަލުވުމުގެ ބާވަތް:

އާއްމު ބައްދަލުވުން

ބައްދަލުވުން ބޭއްވި ތާރީޙް:

9 އޮގަސްޓް 2023

ބައްދަލުވުން ބޭއްވި ގަޑި:

10:00

 

ނިންމުންތައް

  1. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުޅިވަރު ސްޓޭޖާއި ބަނދަރު ސަރަހައްދުގައިވާ 2 ހަޓް ސިޔާސީ ހަރަކާތް ހިންގުމަށް ކައުންސިލުން ކަނޑައަޅާ އަގަކަށް ދޫކުރުމަށާއި ރަށުގެ މަގުތަކުގައި އާއްމުންނަށް ދަތިނުވާނޭގޮތައް ދިދަޖެހުމުގެ ހުއްދަދިނުމަށާއި އަދި މިތަކެތި 9 ސެޕްޓެބަރަށްފަހު 30 ދުވަހުގެތެރޭގައި ނެގުމަށާއި ދޫކުރެވޭ ޢިމާރާތްތައް ކުއްޔައް ދޫކުރުމުގެ ކުރީގައި ހުރިހާލަތަށް އިއާދަކުރުމަށާއި ކުއްޔައް ދޫކުރެވޭ މުއްދަތުގައި ތަނަށާއި ތަކެއްޗަށްލިބޭ ގެއްލުމަށް ކުއްޔައްނަގާ ފަރާތުން ޒިންމާވާގޮތައް ދޫކުރުމަށް ނިންމުނު.
  2. ކައުންސިލްގެ ސެކްރެޓަރީޖެނެރަލް އައްޔަނުކުރުމާއި ގުޅޭގޮތުން ސިވިލްސަރވިސް ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލައިގައި އިތުރަށް ބޭފުޅުން ހޯދުމަށް އިއުލާނުކުރުމާއިނުލައި ހުށަހަޅާފައިވާ ފަރާތްތަކާއިއެކު ކުރިޔައްދިއުމަށް ނިންމުނު.
  3. އީދު ކުޅިވަރުކުޅުމަށް ބަހާފައިވާ ޓީމުން ވަކިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި އެދިފައިވާގޮތައް އެފަރާތް ޓީމުން ވަކިވެފައިވާކަން އެފަރާތައް ލިޔުމުން އެންގުމަށް ނިންމުނު.
  4. އިދާރާއިން ހުށަހަޅާފައިވާ ބަޖެޓް ކޮންޓްރޯލް ފޯމު ފާސްކުރެވުނު.
09 އޮގަސްޓް 2023
ހޯދާ