ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2023 ހިންގާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

  1. އިހަވަންދޫ ކައުންސިލް އިދާރާއިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކައުންސިލް ކަޕް ފުޓަސަލް ޗެލެންޖް 2023 ހިންގާދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލަމެވެ.
  2. މި ޕްރޮޕޯސަލަށް ހުށަހެޅޭނީ ޤަނޫނު ނަންބަރު: 2014/18( ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގެ ޤާނޫނު ) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، ޤާނޫނު ނަންބަރު: 2014/19 (ފަރުދުންގެ ވިޔަފާރީގެ ރަޖިޓްރީ ކުރުމުގެ ޤާނޫނު)  ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި' ޤާނޫނު ނަންބަރު: 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު ޖަމްޢިއްޔާ ޖަމާޢަތްތަކަށެވެ.
  3. މި ޕްރޮޕޯސަލްގައި ރަޖިސްޓްރީ ކުރުމަށް ‏2023‏ ސެޕްޓެމްބަރ‏ 04 އިން ‏2023‏ ސެޕްޓެމްބަރ‏ 09 ގެ ނިޔަލަށް [email protected] މެއިލްކުރައްވައިގެން ނުވަތަ 6500256 ނަންބަރަށް ގުޅުއްވައިގެން ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  4. މިޕްރޮޕޯސަލްއާއި ބެހޭގޮތުން މަޢުލޫމާތު ދިނުން ‏2023‏ ސެޕްޓެމްބަރ‏ 11‏ ވާ ހޯމަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.
  5. ޕްރޮޕޯސަލް ހުށަހެޅުމަށް ‏2023‏ ސެޕްޓެމްބަރ‏ 14‏ ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އިހަވަންދޫ ކައުންސިލް އިދާރާގެ [email protected]  އަށް މެއިލް ކުރެއްވުއެދެމެވެ.
  6. މިޕްރޮޕޯސަލާއި ބެހޭ މަޢުލޫމާތު ފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
  7. ޕްރޮޕޯސަލާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ފަރާތާއި ގުޅުމުން ލިބިވަޑައިގަންނަވާނެއެވެ.

އ.ކައުންސިލް އެގްޒެކްޓިވް ޢަލީ އަރުޝަދު

މޯބައިލް:  9850584

04 ސެޕްޓެންބަރު 2023
ހޯދާ